01 ޖުލައި 2020
ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް ކަމާގުޅޭ އިދާރާތަކަށް އޮޓަމެޓިކުން ލިބޭ ގޮތަށް، ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ ގޮތުން މާލެ އަށް މިއަދު އެޚިދުމަތް ތައާރަފުކޮށްފި އެވެ.
ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް ކަމާގުޅޭ އިދާރާތަކަށް އޮޓަމެޓިކުން ލިބޭ ގޮތަށް، ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ ގޮތުން މާލެ އަށް މިއަދު އެޚިދުމަތް ތައާރަފުކޮށްފި އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މާލޭ ސިޓީކައުންސިލް ގުޅިގެން ގާއިމްކުރި "ގެމެން މޮޑިއުލް" ތައާރަފު ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަންް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަަލީހު ޖަމާލެވެ.
އެ ނިޒާމުގެ ބޭނުންކޮށްގެން، ބައެއް ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހަދައި، އެ ސެޓްފިކެޓުތައް މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެވެ.
ގެމެން މޮޑިއުލް އިން ކޮށްދޭ އެއް ކަމަކީ ކުއްޖަކު އުފަންވުމުން ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒަކުން ވިޔަސް ކުއްޖާއާ ބެހޭ މައުލޫމާތު އެ ނިޒާމަށް އެންޓާ ކުރުމާއެކު، ކަމާ ބެހޭ ހުރިހާ ތަނަކަށް އެ މައުލޫމާތު ބެލޭނެ މަގުފަހި ކޮށްދިނުމެވެ. އެހެންވެ، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް މާލޭގައި މިހާރު ކުރަން ޖެހޭނެ ކަމަކީ ކުއްޖާގެ ނަން ފާސްކޮށް ސިޓީ ކައުންސިލަށް ހުށަހެޅުން އެކަންޏެވެ.
މިއީ ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަން (ޑީއެންއާރް) ވެސް ބައިވެެރިވާ ނިޒާމަކަށް ވާތީ އައިޑީކާޑު ހަދަން ވެސް މާލޭގައި ދެން ހުށަަހަޅަން ޖެހޭނީ ކުއްޖާގެ ފޮޓޯ އެކަންޏެވެ.
މަރުވާ މީހުންގެ މައުލޫމާތު ވެސް އެ ނިޒާމަށް އެންޓާ ކުރާ ހިސާބުން ޕެންޝަން ސްކީމާއި އާސަންދަ ފަދަ ހިދުމަތްތަކުގެ ދަފްތަރުން މީހާގެ މައުލޫމާތު އުނިވާނެ އެވެ. އެހެންވީމާ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުންދޭ އިނާޔަތް، މަރުވެފައިވާ މީހަކަށް ލިބުމުގެ ފުރުސަތެއް ދެން ނޯންނާނެ އެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ގެމެން މޮޑިއުލް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ވެސް ލިބޭ ގޮތް ހަދައި، އެ ނިޒާމު އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން، ވަރިކައިވެންޏާއި ކުދިންނަށް ދޭ ވެކްސިންތަކުގެ މައުލޫމާތު ވެސް އެގޮތުން ހިމަނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގެމެން މޮޑިއުލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވިދާޅުވީ، "ގެމެން" މޮޑިއުލް އަކީ ސަރުކާރުގެ މަސައްކަތްތައް އޮޓޮމޭޓްކުރަން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ބާރެއް ކަަމަށެވެ.
މަލީހު ވިދާޅުވީ، މިހާރު ތަރައްގީ ކުރަމުން އަންނަ އީ-ކައުންސިލްގެ ނިޒާމަކީ އޭގެ ތެރޭގައި ވަރަށް ގިނަ ބައިތައް ހިމެނޭ ނިޒާމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިހާ މަރުވާ މީހުންގެ މައުލޫމާތު ބެލެހެއްޓުމާއި އުފަންދުވަހުގެ ސެޓްފިކެޓު ހެދުން ފަދަ ކަންތައްތައް އޮންލައިންކޮށް ކުރެވޭ ގޮތަށް ތަރައްގީކުރި "ގެެމެން" މޮޑިއުލްއަކީ އޭގެ އެއް ބައެވެ. މުޅި އެ ނިޒާމު ފުރިހަމަ ކުރުމުން ވާނެ ފައިދާއަކީ ދައުލަތުގެ އެއް އިދާރާ އިން އަނެއް އިދާރާ އަަށް ލިބެން ޖެހޭ މައުލޫމާތު ލިބުން އޮޓޮމޭޓް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުގައި މަލީހު ދެއްކެވީ ހެލްތު އިންޝުއަރެންސާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެކި ސްކީމްތަކަށް ފައިސާ ދޫކުރާ އިދާރާތަކަށް މީހަކު މަރުވިކަން އެނގި، ފައިސާ ހަރަދުކުރުން ވަގުތުން ހުއްޓައިލެވޭނެ އިންތިޒާމު ހަމަޖެހުމެވެ. މީހަކު މަރުވިކަން ނޭނގި، އޭނާގެ ނަމުގައި ދައުލަތުން ފައިސާ ހަރަދުވަމުން ދިއުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ ގެއްލުމެކެވެ.
ގެމެން މޮޑިއުލް މެދުވެރިކޮށް ހެއްދި އުފަންދުވަހުގެ ސެޓްފިކެޓެއް، މާލޭގެ މޭޔަރު ޝިފާ މިއަދުގެ ރަސްމިއްޔާތުގަިއ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މިހާ ފުރިހަމަ މޮޑިއުލްއެއް ތައާރަފުކޮށް، ރައްޔިތުންނަަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް މައުލޫމާތެއް އެކި އެކި ބޭނުންތަކަށް އެކި އިދާރާތަކަށް ތަކުރާރުކޮށް ގެންދަން ޖެހުމަކީ އާންމުން ތަހައްމަލު ކުރަން ޖެހޭ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަަމަށެވެ. އެއީ ސަރުކާރަކުން ރައްޔިތުންނަށް ކުރިމަތިކުރަން ޖެހޭ ތަކުލީފެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އޮފީސްތަކުގައި ކިއު ޖެހިގެން ވަރަށް އުނދަގުލުން ކުރަމުން އައި ކަންތައްތައް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އޮންލައިންކޮށް ކުރެވޭކަން މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެނގިއްޖެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމުގެ ކުރީގައި ވަރަށް ގިނަ އިދާރާތަކުގެ ވިސްނުމަކީ މީހުން އެ ތަންތަނަށް ގޮސް ކިއޫގައި ޖެހިގެން ނޫނީ ހިދުމަތް ނުދެވޭނެ ކަމުގެ ވިސްނުމެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު އެނގުނީ އެކަން އޮތީ އެހެން ނޫންކަން ކަމަށް ވިދާޅުވި އެވެ.
"ވަަރަށް ގިނަ އިދާރާތަކުން ބުނަމުން ދިޔައީ ރައްޔިތުންނޭ، ތިޔަބޭފުޅުން އައިސްފައި ކިއުގައި ޖެހިގެން ވަރަށް ގިނަ ވަގުތު މި އޮފީހުގެ ބޭރުގައި މަޑުކޮށްގެން ތިބެގެންނޭ ސަރުކާރުގެ ހިދުމަތެއް ފޯރުކޮށްދެވޭނީ. އެހެން ނަމަވެސް މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ދައްކުވައި ދިނީ އެހެންނެއް ނޫނޭ،" ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމުން އޮންލައިންކޮށް ދެމުން އައި ޚިދުމަތްތަކުގެ ފުރިހަމަކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވި އެވެ.
ގެމެން މޮޑިއުލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އޮންލައިންކޮށް ވަރަށް ގިނަ ކަންތަތައް ކުރެވެއޭ. ޓިކެޓު ވެސް އެބަ ގަނެވެއޭ. ،ޓިކެޓު ފޮނުވަން ވެސް އެބަ ފޮނުވެއޭ، ސަރުކާރުގެ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު އޮންލައިންކޮށް، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ހޯދެއޭ. އެއީ އެހާ އުނދަގޫކަމެއް ނޫނޭ."
މިއަދު ތައާރަފްކުރި "ގެމެން"މޮޑިއުލް އާ އެކު އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ކައުންސިލަށް އަމިއްލަ އަށް ހުށަހަޅަން ޖެހުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ. މަަރުވާ މީހުންގެ މައުލުމާތު ވެސް ވަގުތުން މި މޮޑިއުލް މެދުވެރިކޮށް، އެ ލިބެންޖެހޭ އިދާރާތަކަށް ލިބޭނެ އެވެ.
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އުފައްދާފައިވާ މި މޮޑިއުލްގެ ބޭނުން ކައުންސިލްތަކާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީ ފަދަ މީހުންގެ މައުލޫމާތުތައް އެނގެން ޖެހޭ ހުރިހާ ތަނަކުން ބޭނުންކުރާނެ އެވެ
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
ރައީސް މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގަންނަވަނީ
ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރައްވައިފި
އިންޑަސްޓްރިއަލް ޒޯން ބިން ސަރުކާރަށް ދޭން އަމުރުކޮށްފި
މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ޕީއެންސީއަށް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން ނަން ތަރުތީބުކޮށްފި
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް