16 އޮކްޓޯބަރ 2022
ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ، އެ ރަށް ދޫކޮށްފައިވާ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނާ ވާހަކަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ދޮގުކުރައްވައިފި އެވެ.
ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ، އެ ރަށް ދޫކޮށްފައިވާ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނާ ވާހަކަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ދޮގުކުރައްވައިފި އެވެ.
ވ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ 2017 ވަނަ އަހަރު އާރަށް އިންވެސްޓްމަންޓަށް ދިން ހުޅިދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ފަށަން ދީފައިވާ މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ފަށާފައި ނުވާތީ އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން މިހާރު ބާތިލުވެފައިވާ ކަމަށެވެ. އެ ރަށުގައި އެއްބަސްވުމާ ހިލާފަށް ވަރަށް ގިނަ ކަންކަން ކުރަމުން ދާތީ ވެސް އެ ރަށް އަތުލައި، އަތޮޅު ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.
އަންބާރާ އާއި ހުޅިދޫ ވީ، ވ. އަތޮޅުގެ މީހުންނަށް ހިލަގަނޑަކަށް https://t.co/SypXR3DOKK
— Mihaaru (@Mihaarunews) October 16, 2022
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިވަގުތު ކ. ކާށިދޫގައި ހުންނަވައި ފޯނުން ދެއްވި ކުރު އިންޓަވިއުއެއްގައި މިނިސްޓަރު ހުސައިން ވިދާޅުވީ 21 އަހަރަށް ކުއްޔަށް ދޫކޮށްފައި އޮތް ހުޅިދޫގެ އެއްބަސްވުން ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް މިނިސްޓްރީ އަށް އަދި މިހާތަނަށް ފާހަގަނުކުރެވިފައި ނުވާ ކަމަށެވެ.
"ހުޅިދޫ ކުއްޔަށް ދިނުމަށް ހެދި އެގްރީމެންޓް ސައްހަކަން މަތީ އަދި އެބައޮތް. އޭތި [އެއްބަސްވުން] ބާތިލުވެފައި އޮތްކަން، ނޫންކަން ކަނޑައެޅީ އެއްވެސް ކައުންސިލަކުން ނޫން. އެއީ މިނިސްޓްރީން [ނިންމާ ނިންމުމެއް]. ދެން އެގޮތަށް ކަނޑައެޅުމުގެ ޒިންމާ އޮންނާނީ ކޯޓަށް،" އޭނާ ވިދާޅުވި އެވެ.
"އެ އެގްރީމެންޓް ބާތިލުކުރަން ޖެހިދާނެ ހާލަތެއް ކުރިމަތި ނުވޭ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަށް ދޫކުރާ ރަށެއްގެ އެއްބަސްވުން ބާތިލުކުރެވޭނެ ވަކި ހާލަތުތަކެއްގަ އެވެ. އެއީ ކުއްލި ނުދައްކާ ނަމަ އާއި ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ހުށަހަޅާ މަސައްކަތެއް ނުނިމުމުން އެކަން ކުރަން ނޯޓިސް ފޮނުވުމަށް ފަހު ވެސް އެ މަސައްކަތް ނުކުރާ ނަމަ ކަމަށެވެ.
ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
ނަމަވެސް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިދިޔަ އަހަރު ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާ ސޮއިކުރައްވައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ދެއްވި ޖަވާބުގައި ވާ ގޮތުން ނަމަ އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތްތައް އެ ރަށުގައި ނުކުރާތީ ކަންކަން ރަނގަޅު ކުރަން އެއް އަހަރުގެ އިތުރު ފުރުސަތެއް ވަނީ ދީފަ އެވެ.
"މިހެން ކަމުން މިހާރު ދީފައިވާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެ ރަށް އަލުން މޮނިޓަކޮށް އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރެވޭނެ ކަމުގައި ތިޔަ ކައުންސިލުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" މިނިސްޓްރީގެ ސިޓީގައި ވެ އެވެ.
އެ މިނިސްޓްރީން އެ ބުނާ މުއްދަތު އަންނަ މަހަށް ހަމަވާއިރު، ވ. އަތޮޅު ކައުންސިލުން ބުނަނީ އަދިވެސް އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރާ ކަމަށެވެ.
އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ނަމަ ކޮވިޑްގައި ދިމާވި ދަތިތަކާ ގުޅިގެން ތި ރަށުގައި ވެސް ކުރަންޖެހޭ ކަމެއް ނުކުރެވި ހުރީ. ހަނދާން ވާ ގޮތުން ނަމަ ގްރީން ހައުސްގެ ކޮންމެވެސް ކަމެއް ނިންމަން ޖެހެނީ. ދެން ހާލަތަކަށް ބަލައި ދޭ ފުރުސަތެއް ސަރުކާރުން ދެނީ. އަޅުގަނޑު ބުނާ ވާހަކައަކީ އެ ރަށުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތޭ. -- މިނިސްޓަރު ހުސައިން
އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު ހުސައިން ވިދާޅުވީ، ދަނޑުވެރިކަމަށް ދޫކުރާ ބައެއް ރަށްރަށުގައި އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވި ދާ ހާލަތު ކުރިމަތިވާ ކަމަށާއި އެ ހާލަތަކަށް ރިއާޔަތްކޮށް ސަރުކާރުން އަބަދުވެސް ފުރުސަތު ދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ނަމަ ކޮވިޑްގައި ދިމާވި ދަތިތަކާ ގުޅިގެން ތި ރަށުގައި ވެސް ކުރަންޖެހޭ ކަމެއް ނުކުރެވި ހުރީ. ހަނދާން ވާ ގޮތުން ނަމަ ގްރީން ހައުސްގެ ކޮންމެވެސް ކަމެއް ނިންމަން ޖެހެނީ. ދެން ހާލަތަކަށް ބަލައި ދޭ ފުރުސަތެއް ސަރުކާރުން ދެނީ. އަޅުގަނޑު ބުނާ ވާހަކައަކީ އެ ރަށުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތޭ،" ވަޒީރު ވިދާޅުވި އެވެ.
"ނުކުރެވި އޮތިއްޔާ އެ ބަޔަކާ ވާހަކަ ދައްކައިގެން ހައްލު ކުރުމަކީ ސަރުކާރުން އަބަދުވެސް ކުރާ ކަމެއް."
އެ ރަށް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާއިރު، އެ ރަށުގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. ކައުންސިލުން ފާހަގަކުރި ކަންކަމަކީ؛
• އީއައިއޭ ރިޕޯޓާ ހިލާފަށް ހުޅިދޫގެ ކަނޑޫފަލާއި ކުޅި އަށް ފަސް އަޅާފައިވުން.
• ހުޅިދޫގައި ޖެޓީ ހަދަން ހުއްދަ ދީފައިވާ ސަރަހައްދު ނޫން އެހެން ތަނެއްގައި ޖެޓީ ހެދުން.
• ހުޅިދޫގެ ހުޅަނގު އުތުރުފަރާތުގެ ދެ ސަރަހައްދަކުން ފަރުގެ ބޮޑު ބައެއް ކަނޑާލައި ބޮޑެތި ހިރިތައް ތަޅާއި ފުނޑުކޮށް ފަރަށް ގެއްލުން ދިނުން.
• ހުޅިދޫގެ ހުޅަނގުދެކުނު ފަރާތުގެ ފަރަށް ގެއްލުންވާ ގޮތަށް ދަގަނޑު ބާޖެއް އަރުވާފައި އޮތުން.
ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އަދި ރައްޔިތުން ހުޅިދު އަށް އަރައި، އެ ރަށުން ފައިބައިން ދެކޮޅު ހަދައި މިދިޔަ ހަފުތާގައި އިހުތިޖާޖު ވެސް ކުރި އެވެ. ދެ ދުވަހުގެ އެ އިހުތިޖާޖު ނިންމާލީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދިނުމުންނެވެ.
ހުޅިދޫގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައި!
ހުޅިދޫގެ މައްސަލާގައި ވަކި ގޮތެއް ނުނިންމުނު
މި ބޮޑުމަސް ވ.އަތޮޅުގައި ބުރުއަޅާ މަންޒަރު ހިތްގައިމު
ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބާމެދު ނަޝީދުގެ ނުރުހުން
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
ބޭރުން ގެނައި ރުއް ބަހާނެ ރަށްތައް އިއުލާން ކޮށްފި
5 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން ފެނަކައަށް
ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި