20 އޮކްޓޯބަރ 2022
ވ. ހުޅިދޫގެ މައްސަލާގައި ހައްލެއް ހޯދުމަށް އެ އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު ކުރި މަޝްވަރާތައް ވަކި ކޮޅެއްގައި ނުޖެހި، ގޮތެއް ނިންމަން ކަނޑައެޅި މުއްދަތު މިއަދަށް ހަމަވެއްޖެ އެވެ.
ވ. ހުޅިދޫގެ މައްސަލާގައި ހައްލެއް ހޯދުމަށް އެ އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު ކުރި މަޝްވަރާތައް ވަކި ކޮޅެއްގައި ނުޖެހި، ގޮތެއް ނިންމަން ކަނޑައެޅި މުއްދަތު މިއަދަށް ހަމަވެއްޖެ އެވެ.
ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ހުޅިދޫގެ އެއްބަސްވުން ބާތިލުވެއްޖެ ކަމަށާއި އެ ރަށަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި ދެ ދުވަސް ވަންދެން ކުރި އިހުތިޖާޖު ނިންމާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހުޅިދޫގައި ކުރި އިހުތިޖާޖު ނިންމާލީ މިއަދުގެ ކުރިން ވ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދިނުމުންނެވެ.
އެ މައްސަލާގައި ސަރުކާރާ އެކު އެ އަތޮޅު ކައުންސިލުން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެންވަރަޔަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި އީޕީއޭ އާއި ރައީސް އޮފީހާއި އެލްޖީއޭގެ އިސްވެރިންނާއި އަދި އެ ރަށް ކުއްޔަށް ދޫކޮށްފައިވާ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޝަރީޒް މިނިސްޓްރީން އެއްވެސް ވަރަކަށް ދޫދޭކަށެއް ބޭނުމެއް ނުވި. އަޅުގަނޑުމެން ވެސް ތިބީ ހަމަ އެގޮތުގައި. -- ޝުޖާއު، ވ. އަތޮޅު ކައުންސިލް ރައީސް
ވ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން އެ ބައްދަލުވުމަށް މާލެ ވަޑައިގަތް ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އާއި ވ. ތިނަދޫ ކައުންސިލްގެ ރައީސް ހުސެން ޝިފާގު އެކަންޏެވެ.
ވ. ހުޅިދޫ މައްސަލާގައި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން.
ޝުޖާއު މިއަދު "މިހާރު" އަށް ވިދާޅުވީ ވަރަށް އުއްމީދާ އެކު އެ ބައްދަލުވުމަށް ވަޑައިގެންނެވިޔަސް، ބައްދަލުވުން ނިމުނީ އެއްވެސް ހައްލެއް ނުލިބި ކަމަށެވެ. އެ މައްސަލާގައި ވާހަކަދައްކަން ވެސް އެގްރިކަލްޗަރު މިނިސްޓަރު ހުސެއިން، އެ ބައްދަލުވުމުގައި އުޒުރުވެރިވެވަޑައިގެންނެވި އެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެ ރަށް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުން ސައްހަކަން މަތީގައި ދެމި އެބައޮތް ކަމަށެވެ.
"ފިޝަރީޒް މިނިސްޓްރީން އެއްވެސް ވަރަކަށް ދޫދޭކަށެއް ބޭނުމެއް ނުވި. އަޅުގަނޑުމެން ވެސް ތިބީ ހަމަ އެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ހުސެއިން ވިދާޅުވީ ހުޅިދޫ ކުއްޔަށް ދިނީ 21 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަނުވާ ކަމަށެވެ. އަދި އެ ރަށުގައި މަސައްކަތް ފަށަން ދީފައިވާ މުއްދަތުގައި މަސައްކަތް ނުފަށައިގެން އެއްބަސްވުން ބާތިލުކުރުމާއި ނުކުރުމަކީ މިނިސްޓްރީގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެނަސް، އެ އެއްބަސްވުން ބާތިލުކުރަން މިނިސްޓްރީން ނިންމާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އާރަށް އިންވެސްޓްމަންޓަށް 2017 ވަނަ އަހަރު ކުއްޔަށް ދީފައިވާ ހުޅިދޫގެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ އެ ރަށުގައި އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަސައްކަތެއް ނުކުރާތީ އެވެ. އެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، ދަނޑުވެރިކަން ނުކޮށް ޓޫރިޒަމްގެ ބޭނުމަށް އެ ކުންފުނިން އެ ރަށް ބޭނުންކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ވ.އަންބަރާ ގައި އޮތް ކަނޑޫފާ ނައްތާލަން ކުއްޔަށް ނަގައިގެން އުޅޭފަރާތުން ވަނީ މަސައްކަތް ކޮށްފައި. ސުވާލުކުރުމުން ބުނީ ރާޅެއް އަރައިގެން ވެފަ ހުރި ގެއްލުންކަމަށް. @Mausoom_Maus @anuahsa @ibusolih @Ahmed_hamdhan pic.twitter.com/LnMSglcgzg
— shifaq (@hussain_shifaq) October 17, 2022
ދަނޑުވެރިކަމަށް ދޫކުރި އެ ރަށުގެ ކޮންސެޕްޓް ޑިޒައިންކޮށްފައި އޮތީ ޓޫރިޒަމްގެ ބައިތައް ހިމެނޭ ގޮތަށް ފުޓްސަލް ދަނޑަކާއި ކެފޭއަކާއި އަދި ވޯޓާ ސްޕޯޓްސް ވެސް ހިންގޭ ގޮތަށް ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެ އެވެ. އަދި އެ ރަށުގައި ކުޅި އަށް ފަސްއަޅާއި އީއައިއޭއާ ރިިޕޯޓާ ހިލާފަށް ޖެޓީއެއް ހަދައި އަދި ރަށުގެ ފަރަށް ވެސް ގެއްލުންދީފައިވާ ކަމަށް ބުންޏެވެ.
ޝުޖާއު ވިދާޅުވީ ހުޅިދޫގައި އިހުތިޖާޖުކުރަން ފެށުމުން އީޕީއޭ އިން އެ ރަށަށް ލިބިފައިވާ ގެއްލުންތައް ބަލަން އަންނަ ކުރިން އެއްބަސްވި ކަމަށެވެ. އެ އިދާރާގެ ޓީމެއް މިހާރު ވ. ފެލިދޫގައި އެބަ ތިބި ކަމަށާއި އެ ޓީމުން މާދަމާ ސާވޭގެ މަސައްކަތް ފަށާނެ ކަމަށް ބުނި ކަމަށެވެ.
"މަޝްވަރާ ކޮޅެއްގައި ނުޖެހުނަސް، އަޅުގަނޑުމެން އިހުތިޖާޖަށް ނުކުތީމަ ނަތީޖާ ފެންނަކަން އެބަ އެނގޭ، އީޕީއޭގެ ޓީމެއް މިކޮޅަށް މިއަދު އައީމަ. މިއޮއްހާ ދުވަހު، އަހަރެއް ވަނީ އީޕީއޭ އަށް ސިޓީ ފޮނުވާތާ އެތަން ބަލަން އަންނަން. އެކަމަކު އަޅުގަނޑުމެން އިހުތިޖާޖަށް ނުކުތީމަ އަދި ކިރިޔާ އެ އައީ،" އޭނާ ވިދާޅުވި އެވެ.
މިފަހަރު މި މަސައްކަތް ހުއްޓާލާނީ ހުޅިދޫ ވ. އަތޮޅު ރައްޔިތުންނަށް ލިބުމުން ކަމަށާއި އީޕީއޭގެ މަސައްކަތް ދާގޮތް ބެލުމަށް ފަހު އެ ހަރަކާތް ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު ކައުންސިލުން ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި
ހުޅިދޫގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައި!
ހުޅިދޫގެ އެއްބަސްވުން ބާތިލެއް ނުވޭ: މިނިސްޓަރު
ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
ކެލައާއި ނޭކުރެންދޫ ކަނޑޫފަލަށް ދިމާވި މައްސަލަ ތަފާތު
ވ. އަތޮޅު ފަޅުރަށަކުން ވެސް ރިސޯޓަކަށް ރުއް ނަގައިފި
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ