Roadha Mihaaru
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި

މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި

18 މެއި 2023

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެއަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ ގދ. ފަރެސްމާތޮޑާއިން އިފްރާޒް އަލީ

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެއަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން މިއަދު ފަށައިފި އެވެ.

މި ބޯޓު ބޭނުންކުރަން ފެށުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. މި ރަަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އަދި އެެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ ދެކުނުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރާ އެކު މިފްކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ. މިިއީ އެ މަސައްކަތުގެ ދަށުން ގެނައި ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ފާއިތުވި 4 އަހަރު މިފްކޯއަށް އިންގިލާބީ ބަދަލުތަކެއް އަތުވެއްޖެ، ގިނަ ކާމިޔާބީތަކެއް ލިބިއްޖެ. ފާއިތުވި އަހަރު އެކަނި ވެސް މަސްވެރިންނަށް އެއް ބިލިއަން ރުފިޔާ ފަހަނައަޅައި ފައިިސާ ދެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

މިއީ މިފްކޯގެ ކެޕޭސިޓީ އިތުރުކުމަށް ގެންނަ ހަތަރު ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓެވެ. މި ބޯޓާއެކު މިފްކޯގެ މަސްގަންނަ ކެޕޭސިޓީ 5027 ޓަނަށް ވަނީ އަރައިފަ އެވެ. އަދި ދެން ގެންނަ ތިން ބޯޓާއެކު އެ ކެޕޭސިޓީ 5807 އަށް އިތުރުކުރެވޭނެ އެވެ.

• މިފްކޯއިން މިދިޔަ މަހު ރާއްޖެ ގެނައި "ޖަޒީރާ 103" އަކީ ފަސޭހަކަމާ އެކު ބޯޓުގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކެރޭނު ހަރުކޮށްފައިވާ ބޯޓެއް.

• މި ބޯޓުން ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ.

• މުޅި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ.

ގދ. ފަރެސްމާތޮޑާގައި މަސްއޮޑިއަކަށް އަރުވުން އައިސް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގދ. ފަރެސްމާތޮޑާގައި މަސްއޮޑިއަކަށް އަރުވުން އައިސް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ރަސްމިއްޔާތަށް ފަހު މިނިސްޓަރުންނާއި މިފްކޯގެ އިސްވެރިންނާއި ނޫސްވެރިންނާ އަދި އާންމުންނަށް ވެސް މި އާ ބޯޓުގައި މަސް ކިރުމުގެ މަސައްކަތްކުރާ ގޮތް ދައްކާލި އެވެ.

މިފްކޯ އިން ވަނީ 2021 ވަނަ އަހަރު ވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި ބޯޓެއް ގެނެސްފަ އެވެ. އެއީ ދުވާލަކު 120 ޓަން ފްރީޒް ކުރެވޭ ބޯޓެކެވެ. މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ކެރިއާ ވެސެލްއެއް ވެސް އެ ކުންފުނިން ގަނެފައިވެ އެވެ.

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރިކޮށްގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރިކޮށްގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ މަސްކިރުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ސެންޓަރުތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްގަންނަ އިތުރު ސެންޓަރުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.