Roadha Mihaaru
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު

އައިސް ޕްލާންޓުތައް ފެނަކަ އަށް ދޫކޮށްލުމުން މިފްކޯގެ އާމްދަނީ ރަނގަޅުވާނެ: ޑރ ހުސައިން

22 ސެޕްޓެމްބަރ 2022

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އައިސް ޕްލާންޓުތައް ހިންގައި، ބެލެހެއްޓުން ފެނަކައާ ހަވާލު ކުރުމުން މިފްކޯގެ ހަރަދުތައް ކުޑަވެ، އާމްދަނީ ރަނގަޅުވާނެ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އައިސް ޕްލާންޓުތައް ހިންގައި، ބެލެހެއްޓުން ފެނަކައާ ހަވާލު ކުރުމުން މިފްކޯގެ ހަރަދުތައް ކުޑަވެ، އާމްދަނީ ރަނގަޅުވާނެ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިން މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓުތަކުގެ ތެރެއިން 14 ޕްލާންޓެއް ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މިފްކޯ އިން އައިސް ޕްލާންޓުތައް ހިންގަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށެވެ. އެ މަސައްކަތް ފެނަކައާ ހަވާލުކުރި އެންމެ ބޮޑު ބޭނުމަކީ ވެސް ވީ އެންމެ ހަރަދު ކުޑަކޮށް، ކަން ކުރުން ޑރ. ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފެނަކައަކީ ކަރަންޓު އުފައްދާ ކުންފުންޏަކަށް ވެފައި އިޔާދަކުރަނިވި ހަކަތަަ ބޭނުން ކޮށްގެން އައިސް ޕްލާންޓު ހިންގަން މަސައްކަތް ކުރާއިރު އަގު ހެޔޮކޮށް އައިސް އުފެއްދޭނެ އެވެ.

"އެހެންވީމާ ވާ ގެއްލުން ކުޑަވާނެ. އަމާޒު ހިފަނީ ހަރަދު ކުޑަކޮށް މިކަން ކުރަން،" މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، އައިސް ޓަނެއް ވިއްކަނީ 750ރ. އަށް ކަމަށް ވާއިރު ތެލުގެ އަގު އެހާ ބޮޑަށް އުފުލުމުން، އެ ކުންފުންޏަށް ވިޔަފާރި ހަމަޖައްސައިލެވެން އޮތީ ގާތްގަނޑަކަށް 1،200ރ. އަށް އައިސް ޓަނެއް ވިއްކައިގެން ކަމަށެވެ. އެހެންވެ، އެ އަށް ވުރެ އަގު ހެޔޮކޮށް އައިސް ވިއްކަން ޖެހުމަކީ މިފްކޯ އަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކަ އިންޖީނުގެއާ މި މަސައްކަތް ގުޅާލައިފި ނަމަ މި އަށް ވުރެ މާ ރަނގަޅު އަގެއްގައި މަސްވެރިންނަށް މިކަން ކޮށްދެވޭނެ،" މިފްކޯގެ އެމްޑީ ވިދާޅުވި އެވެ.