22 ސެޕްޓެމްބަރ 2020
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ޑީސަލުގެ އަގު އެ ކުންފުނިން ހެޔޮކޮށްފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ޑީސަލުގެ އަގު އެ ކުންފުނިން ހެޔޮކޮށްފި އެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ސޮއިކުރައްވައި އެ ކުންފުނިން އޮޕަރޭޓުކުރާ ފިޝަރީޒް ކޮމްޕްލެކްސްތަކަށް ފޮނުވި މެމޯއެއްގައި ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ސެންޓަރުތަކާއި ބޯޓުތަކުން ޑީސަލް ވިއްކާ އަގު ބަދަލު ކޮށްފައިވާ ކަމަށެވެ.
މި ބަދަލާ އެކު މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 7.33ރ. އަށް ލިބޭއިރު އާއްމުންނަށް ޑީސަލް ލީޓަރެއް ލިބޭނީ 13ރ. އަށެވެ. ކުރިން މަސް ދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.65ރ. އަށެވެ.
މިފްކޯއިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައުޒީ ވަނީ މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އަގު އިތުރަށް ހެޔޮކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިފްކޯއިން ވަނީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައި ދިނުމުގެ ގޮތުން ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މަހުގެ އަގު “ފިކްސްޑް” ރޭޓެއްގައި ހުންނަތާ ހަތް އަހަރު ފަހުން އެ ކުންފުނިން ވަނީ އެ އަގު ދޫކޮށް، އެ އިރެއްގައި ދުނިޔޭގެ މާކެޓުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް މަސް ގަންނަން ނިންމާފަ އެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
ޕީއެންސީގެ މެންބަރުން ގޮވާލީ މަހުގެ އަގު ދަށްކުރަން
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް