27 ފެބުރުއަރީ 2024
އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން ސަރުކާރުން ކުރިން އެއްބަސްވި 35 މިލިއަން ރުފިޔާ މިހާރު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން ސަރުކާރުން ކުރިން އެއްބަސްވި 35 މިލިއަން ރުފިޔާ މިހާރު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
ފައިސާ ޖަމާކޮށްދިނުން ލަސްވާތީ ގއ. ކޫއްޑޫގައި މަސްވެރިން މިދިޔަ ހަފުތާގައި ކުރި ތިން ދުވަހުގެ އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން ފުރަތަމަ 100 މިލިއަން އިއްޔެގެ ނިޔަލަށް ޖަމާކޮށްދޭށެވެ. ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން އެއްބަސްވި ގޮތަށް އެ 100 މިލިއަންގެ ތެރެއިން 70 މިލިއަން ރުފިޔާ އޮޑިވެރިންނަށް ޖަމާކޮށް ނިންމައިލީ މިދިޔަ ބުދަ ދުވަހު އެވެ.
"ބާކީ އަޅުގަނޑުމެން އިއްޔެގެ ނިޔަލަށް މި ޖަމާކޮށްދިނީ 35 މިލިއަން. އެހެންވީމާ 105 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް މި ވަނީ އެއްބަސްވި ގޮތަށް މަސްވެރިންނަށް ދޫކޮށްދީފައި،" މިފްކޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ނުދީ ބާކީ ހުރި ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ނިޔަލަށް އޮޑިވެރިންނަށް ދޫކުރާށެވެ.
މިފްކޯގެ އޮފިޝަލް ވިދާޅުވީ، އަދިވެސް ދޫކުރަނީ 25ރ. ގެ ރޭޓުން މަސް ގަތް އަގަށް ޖެހޭ ފައިސާ ކަމަށެވެ.
"އެހެންވީމާ ކުރީގެ ބެކްލޮގް އަދިވެސް ފިލުވަމުން މިދަނީ. އަޅުގަނޑުމެން ނިންމައިގެން މި ތިބީ ހަފުތާ އިން ހަފުތާ އަށް މަސްވެރިންނަށް ފައިސާ ދޫކުރަމުން ދާން،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން 20ރ. އަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 600 މިލިއަނާ ގާތްކުރާ އަދަދަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިކަން ރަނގަޅުވާން ފަށައިފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންނަށް ބާކީ ފައިސާ ޖަމާކުރަން ފަށައިފި