Roadha Mihaaru
ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި

ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި

06 އެޕްރީލް 2023

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރުގަ އެވެ.

ރުއްތަކަށް ޖެހިފައިވާ ބަލިތަކަށް ހައްލެއް ހޯދަން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ.

މައްސަލަ ހައްލުކުރުމަށް އެ ޕްރޮގްރާމުގެ ދަށުން 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރުއްތަށް މިވަގުތު ހުރީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި، އަޅުގަނޑުމެން މިހާރު މި ބަލަނީ އެތެރެކުރި ރުއްތަކުގައި އެއްވެސް ބައްޔެއް ހުރިތޯ، ބަލާފައި ރަށްރަށު ކައުންސިލަށް ދޫކުރާނީ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ރުއްތައް ގެނެސްފައި ވަނީ އިންޑިއާގެ ކެރެލާއިންނެވެ.

މިނިސްޓްރީން މީގެ ކުރިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ. ބައެއް މީހުން ބަލި ޖެހިފައިވާ ގަސްތައް ރަނގަޅު ކުރުމަށް ތަފާތު ބޭސް ބޭނުންކުރެ އެވެ.