26 ޑިސެމްބަރ 2016
ކެޕްޓަން ފަދުވާ ޒާހިރުގެ ހެޓްރިކާ އެކު އަވަށްޓެރި ސްރީ ލަންކާ އަތުން 5-2 އިން މޮޅުވެ ވިމެންސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގެ އަންހެން ޓީމު ކާމިޔާބުކަމާ އެކު ފަށައިފި އެވެ.
ކެޕްޓަން ފަދުވާ ޒާހިރުގެ ހެޓްރިކާ އެކު އަވަށްޓެރި ސްރީ ލަންކާ އަތުން 5-2 އިން މޮޅުވެ ވިމެންސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގެ އަންހެން ޓީމު ކާމިޔާބުކަމާ އެކު ފަށައިފި އެވެ.
އިންޑިއާގެ ވެސްޓް ބެންގާލްގެ ޝިލިގުރީގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ރާއްޖެ އާއި ލަންކާ އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ރާއްޖޭން ތަފާތު ބޮޑުކުރީ ދެ ވަނަ ހާފުގަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ފަދުވާ ހެޓްރިކެއް ހެދިއިރު އަނެއް ދެ ލަނޑު ޖެހީ މަރިޔަމް ރިފާ އާއި އައިމިނަތު ޝާމިލާ އެވެ.
މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލް ވަނީ އެ ގައުމުގެ އަވަށްޓެރި ބޫޓާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން 8-0 އިން މޮޅުވެފަ އެވެ. ރާއްޖެ އާއި ނޭޕާލަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ނޭޕާލަށެވެ. ރާއްޖެ ދެ ވަނައިގައި އޮތްއިރު ލަންކާ އާއި ބޫޓާނަށް ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. އަދި ފަހު މެޗުގައި ހުކުރު ދުވަހު ވާދަކުރާނީ ބޫޓާނާ އެވެ. ރާއްޖޭގެ އަމާޒަކީ ދަށް ވެގެން ސެމީ ފައިނަލަށް ދިއުމެވެ. މިއަދުގެ ނަތީޖާތަކަށް ބަލާއިރު ރާއްޖެ އާއި ނޭޕާލަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މިއީ ރާއްޖޭން މުބާރާތުގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މުބާރާތުގައި 2010 ވަނަ އަހަރު ނޭޕާލް އަތުން 6-0 އިން ބަލިވިއިރު ޕާކިސްތާން އަތުން 2-1 އިން ބަލިވީ އެވެ. ފަހު މެޗުގައި އަފްގާނިސްތާ 2-2 އިން އެއްވަރުކޮށް އެންމެ ޕޮއިންޓަކާ އެކު ރާއްޖެ ގްރޫޕް ސްޓޭޖް ނިންމާލީ ތިން ވަނައިގައި އޮވެ އެވެ.
ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މުބާރާތުން ރާއްޖެ ދިޔައީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕުގެ ފުލަށެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާނާ 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވީ އެވެ. އަދި ތިން ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.
ޕާކިސްތާނުގައި 2014 ވަނަ އަހަރު ބޭއްވި ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފަ އެވެ. ރިފާގެ ލަނޑުން އަފްގާނިސްތާން އަތުން 1-0 އިން މޮޅުވި އިރު އިންޑިއާ އަތުން 8-0 އިން އަދި ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެ ރާއްޖެ ދިޔައީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނަ އަށެވެ.
މިިދިޔަ ތިން މުބާރާތަށް ބަލާއިރު ވެސް ރާއްޖެ އައީ ފަހަރަށް ވުރެ ފަހަރެއް ކުރި ހޯދަމުންނެވެ. މިރޭ ލަންކާ އަތުން ހޯދި މޮޅަކީ އެކަމަށް އިތުރުވި ބޮޅެކެވެ. ދެކުނު ކޮރެއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ މުބާރާތުގެ ކުރިން ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ދަތުރުގައި ޔޫއޭއީ އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ.
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ
ޔޫއޭއީ މެޗުތަކުން ގައުމީ އަންހެން ޓީމަށް ކުރިއެރުން
އަންހެން ފުޓްބޯޅަ ޓީމާ މެދު ކޯޗު ބޮޑު އުއްމީދެއްގައި
ސާފް އަށް ތައްޔާރުވާން އަންހެން ޓީމު ޔޫއޭއީ އަށް
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
ރަޝިއާ އިން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަނީ
ރާއްޖެ ވާދަކުރާނީ މިޔަންމާ، އީރާން އަދި ބަންގްލަދޭޝްއާ
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި