15 ޑިސެމްބަރ 2016
އިންޑިއާގައި މި މަހު ފަހުކޮޅު ފަށާ ވިމެންސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ހެނދުނު ފުރައިފި އެވެ.
އިންޑިއާގައި މި މަހު ފަހުކޮޅު ފަށާ ވިމެންސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ހެނދުނު ފުރައިފި އެވެ.
ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީން ދަތުރުގައި ގައުމީ ޓީމު ޕްރެކްޓިސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގައުމީ ޓީމުގެ ކޯޗަކީ ދެކުނު ކޮރެއާގެ ނައޯކޯ ކަވަމޯޓޯ އެވެ.
މި މަހުގެ 26 އިން ޖެނުއަރީ 4 އަށް ކުރިއަށްދާ ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނާ އެކު ގްރޫޕް އޭ ގަ އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވި ތިން ފަހަރު ވެސް ކާމިޔާބުކުރީ އިންޑިއާ އެވެ. ރާއްޖޭން އަންނަނީ ކޮންމެ މުބާރާތެއްގައި ވެސް ކުރިއެރުން ހޯދަމުންނެވެ.
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ
ޔޫއޭއީ މެޗުތަކުން ގައުމީ އަންހެން ޓީމަށް ކުރިއެރުން
އަންހެން ފުޓްބޯޅަ ޓީމާ މެދު ކޯޗު ބޮޑު އުއްމީދެއްގައި
ފަދުވާގެ ހެޓްރިކުން ރާއްޖޭން ލަންކާ ބަލިކޮށްފި
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
ރަޝިއާ އިން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަނީ
ރާއްޖެ ވާދަކުރާނީ މިޔަންމާ، އީރާން އަދި ބަންގްލަދޭޝްއާ
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި