11 މެއި 2022
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު ތައްޔާރުވަމުން ދަނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދަންމައިލުމަށް ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު ތައްޔާރުވަމުން ދަނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދަންމައިލުމަށް ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ފެށި ހަނގުރާމަ އަށް ތިން މަސް ފުރެން ދާއިރު، ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ބޮޑު ބައެއް ހިފައިފަ އެވެ. އަދި ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރު މަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލް ހިފައި، ޔޫކްރޭންގެ އިރުމަތިން ފެށިގެން ދެކުނު ސަރަހައްދާ ހަމައަށް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.
ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިޔާ އަށް މި ކުރިއެރުންތައް ލިބުނަސް، އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް، ރަޝިޔާގެ ރައީސް ޕުޓިން ނުގެންގުޅުއްވާ ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެ އެވެ. ހަނގުރާމަ ފެށުމާ އެކު، ރަޝިޔާ ސިފައިން އަމާޒު ހިފީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށެވެ.
ނަމަވެސް މަހަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް، އެކަމުގައި ކާމިޔާބެއް ނުލިބުމުން، ރަޝިޔާ ސިފައިންގެ މިސްރާބު ބަދަލުކުރީ، ޔޫކްރޭންގެ އިރުމަތިން ވަކިވެގަތުމަށް މަސައްކަތް ކުރާ ދޮންބާސް ސަރަހައްދަށެވެ. އެ ސަރަހައްދުގައި ތިބި، ޔޫކްރޭން ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބައިވެރިވުމާ އެކު، ރަޝިޔާ ސިފައިން ވަނީ އެ ސަރަހައްދުގެ ބޮޑު ބައެއް ހިފައި، ޔޫކްރޭނާ ވަކިކޮށްލައިފަ އެވެ.
އެމެރިކާގެ ސެނެޓްގެ ކޮމިޓީ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު އެވްރިލް ހެނިސް ވިދާޅުވީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގެ އިތުރުން ވެސް ޔޫކްރޭންގެ އެހެން ބިންތަކެއް ހިފުމަށް ރައީސް ޕުޓީން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޕުޓިންގެ އެ މަގްސަދު ހާސިލުކޮށްދެވޭ ވަރަށް، ރަޝިޔާ ސިފައިންގެ ކިބައިގައި ހަނގުރާމައިގެ ގާބިލުކަން މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޕުޓިން މިހާރު ބޭނުންވާ އަނެއް ކަމަކީ، ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިންފްލޭޝަން ރޭޓް މަތިވެ، ކާބޯތަކެތި ލިބުން ދަތިވުމުގެ އިތުރުން ތެލާއި ގޭހުގެ އަގުތައް މައްޗަށް ގޮސް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ޔޫކްރޭނަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން މިހާރަށް ވުރެ ކުޑަވެގެން ދިއުމެވެ.
އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރު ސްކޮޓް ބެރިއާ ވެސް ސެނެޓް ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންގެ ވެސް، ހަނގުރާމަ ކުރުމުގެ ގާބިލްކަން މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. އަދި ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އަވަސް ކުރިމަގެއްގައި ހުއްޓައިލަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ރަޝިޔާ އިން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިއާ، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން