20 ޖުލައި 2022
ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަނެ އެ ގައުމުގެ ކްރީމިއާ ސަރަހައްދު ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ގޮތަށް، ޔޫކްރޭންގެ އިތުރު ބިންތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަނެ އެ ގައުމުގެ ކްރީމިއާ ސަރަހައްދު ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ގޮތަށް، ޔޫކްރޭންގެ އިތުރު ބިންތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ އަސްކަރީ ޖާސޫސީ މައުލޫމާތުތަކާ ހަވާލާ ދެއްވައި، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި ރަޝިޔާ ސަރުކާރުން މަސައްކަތް ކުރަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ބައެއް ބިންތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި އެކަމުގެ ކަރުދާހު މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭންގެ ކްރީމިއާ ހިފުމަށް ފަހު ވެސް، އެންމެ ފުރަތަމަ ކުރި ކަމަކީ، އެ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ މެދު، އެ ސަރަހައްދުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ގޮތުން، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުން މިހާރު ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި ވެސް، އެފަދަ ވޯޓެއް ނެގުމަށް ރަޝިޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.
The Biden admin. says it has evidence that Russia is "laying the groundwork" to annex several regions of Ukraine. Russia is also "installing illegitimate proxy officials" in Ukrainian areas already under its control, according to the National Security Council's John Kirby. pic.twitter.com/I5GETscyMd
— CBS News (@CBSNews) July 19, 2022
އެކަމަށް މަގު ފަހިކުރުމުގެ ގޮތުން، ޔޫކްރޭންގެ ދޮންބާސް ސަރަހައްދުގެ އިދާރީ ހިންގުން ރަޝިޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް، ރަޝިޔާ ސަރުކާރުން މިހާރު ގެންދަނީ ދޮންބާސް ސަރަހައްދަށް ވެރިން އައްޔަންކުރަމުންނެވެ. ދޮންބާސް ސަރަހައްދަކީ ޔޫކްރޭނުން ވަކިވެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ނުފޫޒު ބޮޑު ސަރަހައްދަކަށް ވާތީ، ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ، ރަޝިޔާ ބޭނުންވާ ފަދަ ނަތީޖާއެއް ނުކުތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތާއީދު އެކަމަށް ލިބިއްޖެ ނަމަ، ރަޝިޔާ ބޭނުންވާ ގޮތަކަށް ދޮންބާސް ސަރަހައްދުގެ ކަންތައް ނިންމުމުގެ ބާރު ރަޝިޔާ އަށް ލިބޭނެ އެވެ. ދޮންބާސް ސަރަހައްދުގެ ބައެއް ސަހަރުތައް އިދާރީ ގޮތުން ހިންގުމަށް ރަޝިޔާ އިން މިހާރު ވެސް ވަނީ ރަޝިޔާގެ އޮފިޝަލުން ހަމަޖައްސައި މަސްއޫލިއްޔަތުތައް ހަވާލުކޮށްފަ އެވެ.
ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ކްރީމިއާ ހިފުމަށް ފަހު، ފެންނަ ނުފެންނަ ވޯޓެއް އެ ސަރަހައްދުގައި ނެގީ ޔޫކްރޭނުން އެކަން ނުކުރުމަށް ރަޝިޔާ އަށް އަންގާފައިވަނިކޮށެވެ. އަދި މިނިވަން ދައުލަތެއްގެ ވަކި ސަރަހައްދެއްގައި އިސްތިއުމާރީ ބާރަކުން އެފަދަ ވޯޓެއް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ބުނަމުން ދަނިކޮށެވެ.
ޖޯން ކިރްބީ ވިދާޅުވީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ރަޝިޔާ އިން ނަގަން އުޅޭ ވޯޓަކީ ވެސް ޣައިރު ގާނޫނީ ވޯޓެއް ކަމަށާއި، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ބައިނަލްއަގުވާމީ މުޖްތަމައުން އެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
ޕުޓިންގެ ވިސްނުމަކީ ޔޫކްރޭން ދެބައިކޮށްލުން
ހަނގުރާމައިގައި ރަޝިޔާ އަށް ކުރިއެރުމެއް ނުލިބޭ
ޔޫކްރޭން ހަނގުރާމަ: މައްސަލައަކީ ކޮބާ؟
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން