28 މާޗް 2022
އަސްކަރީ ހާއްސަ ހަރަކާތެއްގެ ނަމުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ޔޫކްރޭނާ ދެކޮޅަށް އިއުލާން ކުރައްވައިގެން ކުރިއަށް ގެންދާ ހަނގުރާމައިގެ އަމާޒަކީ ދެ ކޮރެއާ ފަދައިން ޔޫކްރޭން ވެސް ދެބައި ކޮށްލުން ކަމަށް، ޔޫކްރޭންގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
އަސްކަރީ ހާއްސަ ހަރަކާތެއްގެ ނަމުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ޔޫކްރޭނާ ދެކޮޅަށް އިއުލާން ކުރައްވައިގެން ކުރިއަށް ގެންދާ ހަނގުރާމައިގެ އަމާޒަކީ ދެ ކޮރެއާ ފަދައިން ޔޫކްރޭން ވެސް ދެބައި ކޮށްލުން ކަމަށް، ޔޫކްރޭންގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ޔޫކްރޭންގެ ދިފާއީ ޖާސޫސީ އިދާރާގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ކިރީލޯ ބުޑަނޯވް އިއްޔެ ވިދާޅުވީ އެ ގައުމުގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ ސިފައިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެންކަމުން ޔޫކްރޭންގެ ސަރުކާރު ވައްޓައިލުމަކީ މިހާރު ރަޝިޔާ އަށް ނުކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އުންމީދުކޮށް ރޭވި ގޮތަށް ޔޫކްރޭންގެ އެތެރޭގައި ކަންތައް މެދުވެރި ނުވުމުން، ރަޝިޔާގެ ރައީސް ޕުޓިންގެ ވިސްނުން މިހާރު ހުރީ ޔޫކްރޭން ދެބައިކޮށްލުމަށް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ކޮރެއާގައި ކަންތައް ހިނގައި ދިޔަ ގޮތަށް، ޔޫކްރޭނަށް ވެސް ހަދަން ޕުޓިން މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރަންޖެހޭ ސަބަބުތައް އެބަހުރި. އޭގެ ތެރެއިން އެއް ސަބަބަކީ، އަހަރެމެންގެ ގައުމުގެ ބިމުން ރަޝިޔާ ސިފައިންނަށް ހިފިފައިވާ ބިންތަކާއި ނުހިފި އޮތް ބިންތަކާ ދެމެދު ވަކިކޮށްދޭ ރޮނގެއް ކުރަހަން ރަޝިޔާ އިން މަސައްކަތް ކުރާނެ. ހަގީގަތުގައި އެ ކަމަކީ ޔޫކްރޭންގެ ތެރޭގައި އުތުރު ކޮރެއާ އަކާއި ދެކުނު ކޮރެއާއެއް އުފެއްދުމަށް ކުރާ މަސައްކަތަކަށް ވާނެ،" ޖެނެރަލް ކިރީލޯ ބުޑަނޯވް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ، ރަޝިޔާގެ ސަރަހައްދީ ރޮނގުން ފެށިގެން، ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ކްރައިމިއާއާ ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ އެއްގަމު މަގެއް ގާއިމުކުރުމަށެވެ. އަދި މިހާރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ހުރިހާ ބިންތައް ހިމެނޭ ގޮތަށް، އެއް ސަރަހައްދެއްގެ ގޮތުގައި ޔޫކްރޭނާ ވަކި ކޮށްލުމަށް ވެސް ރަޝިޔާ އިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އަހަރެމެންނަށް އެބަ ފެނޭ، ހިފާފައިވާ ބިންތަކުގައި، ޔޫކްރޭން ސަރުކާރުގެ އަމުރުތަކުގެ ބަދަލުގައި ރަޝިޔާ ސަރުކާރުގެ އަމުރު ހިންގާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ތަން. އަދި ޔޫކްރޭންގެ ފައިސާގެ ބަދަލުގައި ރަޝިޔާގެ ފައިސާ ބޭނުންކުރުމަށް، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް މަޖުބޫރުކުރާ މަންޒަރު ވެސް އެބަ ފެނޭ."
އެހެން ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުން ރަޝިޔާގެ އަޅުވެތިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
ޔޫކްރޭން ހަނގުރާމަ: މައްސަލައަކީ ކޮބާ؟
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ޕުޓިންގެ އަމާޒަކީ ދިގު ހަނގުރާމައެއް: އެމެރިކާ
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި