25 މާޗް 2022
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، ބަންގްލަދޭޝް ބަލި ކުރެވުމުން ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން އެދޭނެ ކަމަށް ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، ބަންގްލަދޭޝް ބަލި ކުރެވުމުން ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން އެދޭނެ ކަމަށް ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.
އަކުރަމް ބުނީ، ރަނގަޅު ގޭމެއް ކުޅެ ބަންގްލަދޭޝް ބަލި ކުރެވުމަކީ ކުރިއަށް އޮތްތަނުގައި ޓީމު އިތުރަށް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދު ލިބިގެން ހިނގައްޖެ ކަމަށެވެ. ޖޫންގައި އޮންނަ ކޮލިފައިން މެޗުތަކުގެ ރަނގަޅު ނަތީޖާއެއް ނެރުމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
"ކޮލިފައިންގެ ކުރިން މިކަހަލަ މެޗެއް ކުޅެ މޮޅު ވުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ހޯދަން ޓީމު އެކުގައި މަސައްކަތް ކުރާނެ،" މެޗަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ހުރެ މީޑިއާ އާވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ.
އޭނާ ބުނީ ޓީމު ގިނަ މެޗުތަކެއް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޯޗިން ސްޓާފުންނާ ކުޅުންތެރިން ވެސް ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެން ކަމަށެވެ. އެކަމަކު މެޗުތަކެއް ކުޅެވޭނެތޯ ނޫންތޯ އެނގޭނީ ދިވެހި ލީގު މެޗުތައް ކުރިއަށްދާ ގޮތަކުން ކަމަށް މާޒިޔާގެ ޑިފެންޑަރު ބުންޏެވެ.
ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުން މެޗުތަކެއް ކުޅެން. ޓީމު އެހާ ދިގު މުއްދަތެއްގައި އެކުނުވެ ތިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. މެޗުތަކެއް ކުޅުނީމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުން މެޗުތަކެއް ކުޅެން،" ސާފް ޗެމްޕިއަންޝިޕް 2018 މުބާރާތް ކާމިޔާބު ކުރި ކެޕްޓަން ބުންޏެވެ.
ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ރާއްޖެއިން ބަންގްލަދޭޝް ބަލި ކުރީ 2-0 ން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެއީ ޓީމު އެހާ ދިގު މުއްދަތެއްގައި އެކުނުވެ ތިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. މެޗުތަކެއް ކުޅުނީމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ. އެހެންވީމަ އަޅުގަނޑު ބުރަވާނީ ޓީމު އެއްކޮށްލައިގެން ކޮންމެ ބަޔަކާ ދެކޮޅަށް ވެސް މެޗުތަކެއް ކުޅެން."
އަކުރަމް ބުނީ ކޮންމެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅުނަސް އިތުބާރާއެކު ކުޅެފިނަމަ މަގާމުތައް ފޫބެއްދޭނެ ކުޅުންތެރިން ތިބިކަން މެޗުން އެނގިގެން ހިނގައްޖެ ކަމަށެވެ އޭނާ ބުނިގޮތުގައި ކޯޗު ބޭނުންވާ ޕްލޭނަށް ޓީމު ފިޓް ވެއްޖެ ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ، އުޒްބެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އާއެކު ގުރޫޕް ސީ ގަ އެވެ. ކޮވިޑް -19 ގެ ހާލަތު އޮތްގޮތުން މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށެވެ. ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ އުޒްބެކިސްތާންގަ އެވެ.
އަޑިގަނޑުން އަރައިގަންނަން ބަންގްލަދޭޝް ބަލިކުރަން ޖެހޭ
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު