07 ފެބުރުއަރީ 2022
ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް މިހާރު ހުރި ގޮތަށް ބަލާއިރު، މިއަދުގެ ވަގުތެއްގައި ވެސް ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގެންފާނެ ކަމަށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް މިހާރު ހުރި ގޮތަށް ބަލާއިރު، މިއަދުގެ ވަގުތެއްގައި ވެސް ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގެންފާނެ ކަމަށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން ވިދާޅުވެއްޖެ އެވެ.
ސުލިވާން މި މޭރުމުން ވާހަކަ މިދެއްކެވީ، ޔޫކްރޭނަށް އަރައިގަންނަން ބޭނުންވާނެ އަދަދަށް ސިފައިންނާއި ބަރު ހަތިޔާރާއި އަސްކަރީ އެހެން ސާމާނުތަކުގެ 70 ޕަސެންޓް ޔޫކްރޭންގެ ސަރަހައްދީ ރޮނގާ ކައިރިއަށް ޖަމާކޮށްފި ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނިތާ އެއް ދުވަސް ފަހުންނެވެ. ރަޝިޔާ އިން ތައްޔާރުވެފައިވާ މިންވަރާއި، ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ތައްޔާރުވަމުން އަންނަ މިންވަރަށް ބަލައި، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިއްޔާ، އާންމުންގެ އެތައް ހާސް ބަޔަކު މަރުވުމުގެ ބިރު އެބަ އޮތެވެ.
"އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ޔޫކްރޭނަށް ހަމަލާ ދިނުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރެއް ނެރުއްވާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު. އެފަދަ އަމުރެއް މާދަމާ (މިއަދު) ވެސް ނެރުއްވަފާނެ. ނުވަތަ ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އެފަދަ އަމުރެއް ނެރުއްވުމުގެ ފުރުސަތު އެބަ އޮތް،" އެމެރިކާގެ އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސުލިވާން ވިދާޅުވި އެވެ..
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން މައްސަލައިގެ ތެރެއިން އަމާންކަމާ އެކު ނުކުމެވޭނެ މަގެއް ހޯދުމަށްޓަކައި އެމެރިކާ އާއި ބައިވެރިން އަންނަނީ ޑިޕްލޮމެޓިކް ދާއިރާއިން މަސައްކަތްތަކެއް ކުރަމުންނެވެ. ހަމައެއާ އެކު ނޭޓޯގެ އަސްކަރީ ގާބިލުކަން ވެސް މިހާރު ވަނީ، އިރުމަތީ ޔޫރަޕްގައި އިތުރުކޮށްފަ އެވެ.
އެ ގޮތުން ޔޫކްރޭގެ ހުޅަނގުގައި އޮތް ޕޮލެންޑްގައި ތިބި ނޭޓޯ ސިފައިންނަށް މަދަދު ދިނުމަށް އެމެރިކާގެ 1700 ސިފައިން މިހާރު ވަނީ ޕޮލެންޑަށް ފޮނުވައިފަ އެވެ. އޭގެ އިތުރު ޖަރުމަން ވިލާތަށާއި ރޮމޭނިއާ އަށް ވެސް އެމެރިކާގެ ސިފައިން ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ޔޫކްރޭންގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރަމުން ދާއިރު، ޔޫކްރޭންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ، އަނދަމުންދާ ހުޅުގަނޑުގެ ތެރެއަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އިތުރަށް ދަރު އަޅަމުންދާ ކަމަށެވެ. ޔޫކްރޭނަކީ ފެތެމުންދާ އޮޑިއެއް ނޫން ކަމަށާއި ޔޫކްރޭގައި ގައުމުގެ މިނިވަންކަން ދިފާއުކުރެވޭ ވަރުގެ އަސްކަރީ ގާބިލުކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭންގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ޔޫކްރޭންގެ އިގްތިސާދަށެވެ. ގައުމުގައި ހަނގުރާމައިގެ ހާލަތެއް ނެތް އިރު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ރައްޔިތުން ބިރުގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
ޖަރުމަނާއި އެމެރިކާގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ