25 ޖެނުއަރީ 2023
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް އެއް އަހަރު ފުރެން ކައިރިވެފައިވާ އިރު، ރަޝިޔާގެ ހަމަލާތަކަށް ރައްދު ދިނުމުގައި ބޭނުންކުރުމަށް، އެންމެ ޒަމާނީ އަސްކަރީ ޓޭންކުތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ އާއި ޖަރުމަން ވިލާތުން ނިންމައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް އެއް އަހަރު ފުރެން ކައިރިވެފައިވާ އިރު، ރަޝިޔާގެ ހަމަލާތަކަށް ރައްދު ދިނުމުގައި ބޭނުންކުރުމަށް، އެންމެ ޒަމާނީ އަސްކަރީ ޓޭންކުތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ އާއި ޖަރުމަން ވިލާތުން ނިންމައިފި އެވެ.
ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އެމެރިކާ އާއި ޖަރުމަން ވިލާތުގައި ހުރި އެންމެ ވަރުގަދަ ޓޭންކުތައް ޔޫކްރޭނަށް ފޮނުވަން މި ނިންމީ، އެކަމާ ބެހޭ ގޮތުން އެ ތިން ގައުމުގެ މެދުގައި އެތައް މަސްތަކެއް ވަންދެން މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި އެފަދަ ޓޭންކުތައް ފޮނުވައިދިނުމަށް އެދި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާ އާއި ޖަރުމަނުގައި އާދޭސް ކުރައްވާތާ ވެސް މަސްތަކެއް ފަހުންނެވެ.
ޖަރުމަން ވިލާތުން އުފައްދާފައިވާ ލެޕާޑް 2 މަރުކާގެ ޓޭންކެއް، ޕޮލެންޑް ސިފައިންގެ އަސްކަރީ ތަމްރީންތަކެއްގައި ބޭނުންކުރަނީ. --އޭއެފްޕީ
އޭގެ އިތުރުން އެމެރިކާ އާއި ޖަރުމަން ވިލާތުގައި ހުރި އެންމެ ވަރުގަދަ ޓޭންކުތައް ޔޫކްރޭނަށް ފޮނުވަން އެ ދެ ގައުމުން މި ނިންމީ، އެ ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް، އެކަމަށް އެދި އެ ދެ ގައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަތާ މަސްތަކެއް ފަހުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އިން ޔޫކްރޭނަށް ފޮނުވަން ނިންމާފައިވަނީ، އެ ގައުމުގައި އުފައްދައި އެތައް ހަނގުރާމައެއްގައި އަޖުމަބަލާފައިވާ، އަބްރާމް މަރުކާގެ ޓޭންކުތަކެކެވެ. އެކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރައްވާނެ އެވެ.
BREAKING:
— Visegrád 24 (@visegrad24) January 24, 2023
Increasingly likely that Sweden will send 10-12 Stridsvagn 122 tanks to Ukraine.
Via @OlofSallstrom
???? pic.twitter.com/0TrjKTEz34
ޖަރުމަން ވިލާތުން ޔޫކްރޭނަށް ފޮނުވަން ނިންމާފައިވަނީ، ލެޕާޑް 2 މަރުކާގެ ޓޭންކުތަކެވެ. އެންމެ މަދުވެގެން ވެސް، އެ ބާވަތުގެ 14 ޓޭންކު ޔޫކްރޭނަށް ފޮނުވާނެކަން، ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރައްވާނެ އެވެ.
ޔޫކްރޭނަށް ފޮނުވާނީ ކިތައް ޓޭންކުކަން އެމެރިކާ އިން ނުބުނި ނަމަވެސް، އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުން، އަބްރާމް މަރުކާގެ ގާތްގަނޑަކަށް 30 ޓޭންކު ޔޫކްރޭނަށް ފޮނުވާނެ އެވެ.
މީޑިއާ ރިޕޯޓްތަކާ ގުޅިގެން ޔޫކްރޭން ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވީ އެމެރިކާ އާއި ޖަރުމަން ވިލާތުގެ ޓޭންކުތައް ލިބުމުން، ހަނގުރާމައިގެ އޮއިވަރު މުޅިން ބަދަލުވެގެންދާނެ ކަމަށެވެ. ނަމަވެސް ރަޝިޔާގެ ރިއާސީ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އެފަދަ ހަތިޔާރުތަކެއް ޔޫކްރޭނަށް ފޮނުވައިފި ނަމަ، ނުކުންނާނީ މުޅިން ނުބައި ނަތީޖާއެއްކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާ އިން ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވައި، ހަނގުރާމައިން ކާމިޔާބު ހޯދުމަށްޓަކައި، ވިލާތުގެ ގައުމުތަކުގައި ހުރި ޒަމާނީ އަސްކަރީ ޓޭންކުތަކުގެ، މަދުވެގެން 300 ޓޭންކު ޔޫކްރޭނަށް ބޭނުންވެ އެވެ. ނަމަވެސް އެ އަދަދަށް ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް ޓޭންކުތައް ފޮނުވުމަކީ ވަރަށް ދުރު ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ގައުމުން ކުރެ ކޮންމެ ގައުމަކުން، 14 ޓޭންކު ދިން ނަމަވެސް، އެންމެ ގިނަވެގެން ވެސް ހަމަކުރެވޭނީ ގާތްގަނޑަކަށް 100 ޓޭންކެވެ. އެ މިންވަރަށް ވިލާތުގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް ލިބުނަސް، ހަނގުރާމައިގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ވިލާތުގެ ގައުމުތަކުގައި ބޭނުންކުރާ ޒަމާނީ ޓޭންކުތަކުގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ އަބްރާމް މަރުކާގެ ތަފާތު ޓޭންކުތަކާއި، އިނގިރޭސި ވިލާތުގެ ޗެލެންޖަރު މަރުކާގެ ޓޭންކާއި، ޖަރުމަން ވިލާތުގެ ލެޕާޑް މަރުކާގެ ޓޭންކުތައް ހިމެނެ އެވެ. މި ހުރިހާ ޓޭންކުތަކަކީ، ޔޫކްރޭން ސިފައިން މިހާރު ބޭނުންކުރާ، ސޮވިއެޓް ޔޫނިއަން ޒަމާނުގެ ޓީ-72 މަރުކާގެ ޓޭންކުތަކަށް ވުރެ، ދުވެލި ބާރު، އަމާޒަށް ހަމަލާ ދިނުން ރަނގަޅު، އަދި އޭގެ ފަޅުވެރިންނަށް ލިބޭ ހިމާޔަތް ބޮޑު ޓޭންކުތަކެކެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ