05 ޖޫން 2016
އާ މިސްކިތެއް ބިނާކުރުމަށްޓަކައި މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) މި ރޯދަ މަހު ވަގުތީ ގޮތުން އަލުން ބޭނުންކުރަން ނިންމައިފި އެވެ.
އާ މިސްކިތެއް ބިނާކުރުމަށްޓަކައި މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) މި ރޯދަ މަހު ވަގުތީ ގޮތުން އަލުން ބޭނުންކުރަން ނިންމައިފި އެވެ.
އެ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެހެންކަމުން އެ މިސްކިތުގައި މި ރޯދަ މަހު ނަމާދު ކުރުމަށްޓަކައި މިހާރު ވަނީ އަލުން ހިޔާ ކޮށް ވުޟޫ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ.
މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައި އިސްކުރު ބަރި ހަރުކޮށްފައި. ފޮޓޯ: މިހާރު
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުރި ތަނުގައި ހެދި ވަގުތީ މިސްކިތް ބޭނުންކުރަން ފެށުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެ މިސްކިތުގައި 200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުރިހާ ކަމެއް ނިންމުމަށް ފަހު މާދަމާ މެންދުރު ފަހު ހުޅުވަން މި ދަނީ މަސަައްކަތް ކުރަމުން. --އޮފިޝަލް
ރޯދަ މަހު ނަމާދުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން މާފަންނު ބޮޑުގޭގައި ވެސް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ތަނުގައި ހަދާ ވަގުތީ މިސްކިތުގެ ފާރު ރޭނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމަކު އެ ތަން މިއަދާ ހަމައަށް އައި އިރު ވެސް ހިޔާކޮށްފައެއް ނުވެ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑުގޭގައި އާއި ބަހާއުއްދީން މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ހަދަނީ ގިނަ ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެމުންދާތީ އެ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ދެ މިސްކިތް ހެދުމަށް ދާ ހަރަދެއް އިސްލާމިކް މިނިސްޓްރީން ނުބުނެ އެވެ.
މާފަންނު ބޮޑުގޭގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ. ރޯދަ މަހުގެ ކުރީކޮޅު މިސްކިތް ބޭނުން ކުރެވޭ ވަރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ބޮޑުގޭގައި ހަދާ މިސްކިތް ރޯދަ މަހުގެ ކުރީކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ތަފާތު ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފަ އެވެ. އެގޮތުން މަގުތަކުގައި ޒިކުރު ބޯޑުތައް ހަރުކުރުމާއި އާއްމުން ގިނަ އިން ގޮސްއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުންކޮށް ގުރުއާން ޖެހުމަށް ވަނީ ނިންމައިފަ އެވެ
ދެ މިސްކިތެއް ތަޅާލައި 12 ބުރީގެ އިމާރާތެއް އަޅަނީ
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަނީ
ރޯދަމަހަށް ބޮޑުގޭގައި ހެދި މިސްކިތް ހުޅުވައިިފި
ރޯދަ ނިމޭއިރު ވެސް ވަގުތީ މިސްކިތް ނުނިމޭ
ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތް މި ހަފުތާގައި ނުނިމޭނެ
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
ބަރުބަރީ މިސްކިތް ތިން ބުރިއަށް އިމާރާތްކުރަނީ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ހަދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ