މި އަހަރުގެ ރޯދަ މަސް ނިމެން ކައިރިވެފައި ހުއްޓައި، ރޯދަ މަހަށް އިސްލާމިކް މިނިސްޓްރީން މ. ބޮޑުގޭގައި ހެދި މިސްކިތް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.
27 ޖޫން 2016
މި އަހަރުގެ ރޯދަ މަސް ނިމެން ކައިރިވެފައި ހުއްޓައި، ރޯދަ މަހަށް އިސްލާމިކް މިނިސްޓްރީން މ. ބޮޑުގޭގައި ހެދި މިސްކިތް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.
މިސްކިތުގެ މަސައްކަތްތައް ކުރި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ބުނީ، މަސައްކަތްތައް އެއްކޮށް ނިންމައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ބޮޑުގެ މިސްކިތް: އެ ތަނުގައި 500އެއްހާ މީހުންނަށް ނަމާދުކުރެވޭނެ.--ފޮޓޯ:އެމްއާރުޑީސީ
ބޮޑު ގޭގައި ވަގުތީ މިސްކިތެއް ހަދަން ފެށީ ރޯދަ މަސް ފެށެން ހަފުތާއަކަށް ވެފައި އޮއްވަ އެވެ. އެއީ އެ ސަރަހައްދާ އެންމެ ކައިރީގައި ހުރި ބަހާއުއްދީން މިސްކިތް ވެސް އަލުން މަރާމާތު ކުރުމަށް ތަޅާލާފައި ހުރުމުން، އެ ހިސާބުގެ މީހުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ. ނަމަވެސް ކުރިން މިނިސްޓްރީން ބުނީ ރޯދަ މަސް ދެބައިވުމުގެ ކުރިން މިސްކިތް ބޭނުންކުރެވޭ ވަރުވާނެ ކަމަށެވެ.
ބޮޑު ގޭގައި ހަދާފައިވާ މިސްކިތަކުގައި 500 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި އެ ތަނުގައި ފާހަނާ ބަރިއެއް ވެސް ހަދާފައި ވެ އެވެ.
ރޯދަ ނިމޭއިރު ވެސް ވަގުތީ މިސްކިތް ނުނިމޭ
ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތް މި ހަފުތާގައި ނުނިމޭނެ
ތަޅާލާފައިވާ މާވެޔޮ މިސްކިތް ރޯދަ މަހު ބޭނުންކުރަނީ
ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހު
ހިޔާ ޓަވަރުތައް ކައިރީގައި 3 ބުރީގެ މިސްކިތް ހުޅުވަނީ
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
11 ރަށެއްގައި ދީނީ ބިނާތައް އަޅަން ހަވާލުކޮށްފި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
އެސްޖޭ މިސްކިތް ޑިސެމްބަރަށް ނިމޭނެ: މިނިސްޓްރީ