ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
25 ޖޫން 2025
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފަހައްޓަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އެކި މިސްކިތްތަކުގައި މިހާރު ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް ތަފާތެވެ. އެކި ރަށްރަށުގައި ވެސް އަމަލު ކުރަމުންދަނީ އެކި ވަގުތަށެވެ.
މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފަތިސް ނަމާދުގައި ބަންގި އާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސްރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި އަށް މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓު ހޭދަކުރުމަށެވެ.
މި ނިންމުމަކީ ބަންގި އާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއަދު ނިންމި ނިންމުން މިހާރު ކައުންސިލްތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.
އަމިއްލަ މިސްކިތްތައް ދެ އަހަރުން ނިންމަން ލާޒިމުކޮށްފި
ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރާނެ
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
އެމްޔޫ މަނިކުގެ ފަހު އުއްމީދަކީ މިސްކިތެއް ބިނާކުރުން
މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް
4އިސްލާމީ މަރުކަޒާއިި 10މިސްކިތް އަޅަން ބަޔަކު ހޯދަނީ
ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ
ފަރީދުގެ ހަނދާނުގައި މިސްކިތް އަޅަން ފައިސާ ހަމަވެއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އީދު ނަމާދުކުރާނެ