އަމިއްލައަށް ފަރާތްތަކުން މިސްކިތް އަޅަން ބޭނުންވެގެން އެ ފަރާތްތަކަށް ދޫކުރާ ބިމުގައި ދެ އަހަރުގެ ތެރޭގައި މިސްކިތް އަޅައި ނިންމަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަދައިފި އެވެ.
09 ސެޕްޓެމްބަރ 2025
އަމިއްލައަށް ފަރާތްތަކުން މިސްކިތް އަޅަން ބޭނުންވެގެން އެ ފަރާތްތަކަށް ދޫކުރާ ބިމުގައި ދެ އަހަރުގެ ތެރޭގައި މިސްކިތް އަޅައި ނިންމަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަދައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ފޮނުއްވި މެސެޖުގައި ވިދާޅުވީ އަމިއްލަ ފަރާތްތަކުން މިސްކިތްތައް ހެދުމަށް ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ، އާއްމުން ނަމާދުކުރުމަށް ބޮޑު ތަކުލީފެއް އުފުލަމުންދާ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯދުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އަމިއްލައަށް ހުށަހަޅައިގެން މިސްކިތް އެޅުމަށް ބިން ހޯދާ ފަރާތްތަކުން މަސައްކަތް ނިންމަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ނުދިނުމާއި ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފެށުން ލާޒިމުކުރުން ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލާނެ ކަމަށެވެ.
އެކަންކަމުގެ އިތުރުން
- އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން
- އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރުން
- މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުން
- މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން
އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހޯދަން ބައެއް ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަ އެވެ. މިނިސްޓްރީން ވަނީ އޭގެ ބައެއް މީހުންނާއެކު މިސްކިތް އަޅަން މީގެ ކުރިން ވެސް ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރާނެ
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
އެމްޔޫ މަނިކުގެ ފަހު އުއްމީދަކީ މިސްކިތެއް ބިނާކުރުން
މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް
4އިސްލާމީ މަރުކަޒާއިި 10މިސްކިތް އަޅަން ބަޔަކު ހޯދަނީ
ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގުކޮށްފި
ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ
ފަރީދުގެ ހަނދާނުގައި މިސްކިތް އަޅަން ފައިސާ ހަމަވެއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އީދު ނަމާދުކުރާނެ