Roadha Mihaaru
ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތް މި ހަފުތާގައި ނުނިމޭނެ

ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތް މި ހަފުތާގައި ނުނިމޭނެ

12 ޖޫން 2016

މ.ބޮޑުގެ ހުރި ބިމުގައި ރޯދަމަހަށް ހާއްސަކޮށް އަޅަން ފެށި ވަގުތީ މިސްކިތުގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމަން ކަނޑައެޅި ނަމަވެސް މަސައްކަތަށް އައި ލަސްވުމަކާ ގުޅިގެން މިހާރު އަމާޒު ހިފާފައި ވަނީ ރޯދަ މަހުގެ 15ގެ ކުރިން މަސައްކަތް ނިންމަން ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މ.ބޮޑުގެ ހުރި ބިމުގައި ރޯދަމަހަށް ހާއްސަކޮށް އަޅަން ފެށި ވަގުތީ މިސްކިތުގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމަން ކަނޑައެޅި ނަމަވެސް މަސައްކަތަށް އައި ލަސްވުމަކާ ގުޅިގެން މިހާރު އަމާޒު ހިފާފައި ވަނީ ރޯދަ މަހުގެ 15ގެ ކުރިން މަސައްކަތް ނިންމަން ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ ތަނުގައި މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިންނެވެ. އެ ތަނުގައި ވަށައިގެން ޓިނު ޖަހައި ތަޅުން އެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި މިސްކިތް މިރެއާ ހަމައަށް ވެސް ނުނިމި އޮތީ ރޯދަ މަސް ފެށެން ހަފުތާއަކަށް ވެފައި ވަނިކޮށް މަސައްކަތް ފެށުނީމަ އެވެ.

"ރޯދައަށް ނިންމަން ހިފާފައި ކުޑަކުޑަ ލަސްވުމެއް އައީ. ރޯދަ މަސް ފެށެން ހަފުތާއެއް ވެފައި ވަނިކޮށް މަސައްކަތް ވެސް ފެށުނީ،" މުސްތަފާ ވިދާޅުވި އެވެ.

މާފަންނު ބޮޑުގޭގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މާފަންނު ބޮޑުގޭގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މަސައްކަތް ލަސްވުމުން މި ހަފުތާގައި މިސްކިތް ނުނިމޭނެތީ މިނިސްޓްރީން މަސައްކަތް ކުރަނީ ރޯދަ މަސް ދެބައިވުމުގެ ކުރިން މިސްކިތް ނިންމައި އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ބޮޑުގޭގައި ހަދަމުން އަންނަ މިސްކިތުގައި އެއްފަހަރާ 500 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އާ މިސްކިތެއް ބިނާކުރުމަށްޓަކައި މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) ގައި ވަގުތީ މިސްކިތެއް އަޅައި މި ރޯދަ މަހު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އެ މިސްކިތުގައި 200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.

ބޮޑުގޭގަ އާއި ބަހާއުއްދީން މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ހަދަނީ ގިނަ ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެމުންދާތީ އެ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. އަދި މާވެޔޮ މިސްކިތް ތަޅާލި ފަހުން އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއް ނެތުމުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.