Roadha Mihaaru

އަސްކޮއި ގްރޫޕުގެ މީހުންނަށް ވިސާ ހަމަޖެހިއްޖެ، މާދަމާ ފުރާނެ

ވިސާ ނުޖެހިގެން، އުމްރާ އަށް ނުފުރުނު އަސްކޮއި ގްރޫޕުގެ މީހުންގެ ވިސާގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި މާދަމާ ހެނދުނު އެމީހުން ފުރާނެ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ.

އަސްކޮއި ގްރޫޕުގެ މީހުންނަށް ވިސާ ހަމަޖެހިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 ޑިސެމްބަރ 2016

ވިސާ ނުޖެހިގެން، އުމްރާ އަށް ނުފުރުނު އަސްކޮއި ގްރޫޕުގެ މީހުންގެ ވިސާގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި މާދަމާ ހެނދުނު އެމީހުން ފުރާނެ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ.

އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ވިސާ ހަމަޖެހުނީ އެއާޕޯޓުގެ ޑިޕާޗާ ކައުންޓަރުތައް ބަންދުކުރި ފަހުންނެވެ. އެހެންވެ ފުރޭ ގޮތް ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މާދަމާގެ ހެނދުނު ގަތަރު އެއާވޭސްގެ ބޯޓަކުން އެ 39 މީހުން ފުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މާދަމާ ހެނދުނު ފުރާކަން އަންގަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އަސްކޮއި ގުރޫޕުގެ ހަވާލުގައި 263 މީހަކު މި އަހަރު އުމްރާއަށް ދާނެ އެވެ. އޭގެ ތެރެއިން ބާކީ 39 މީހަކު ފިޔަވައި ހުރިހާ އެންމެން ވަނީ އުމްރާއަށް ފުރައިފަ އެވެ.

ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ހަވާލުގައި ވެސް މިދިޔަ ހުކުރުދުވަހުގެ ހެނދުނު އުމްރާ އަށް ފުރަން ހަމަޖެހިފައިވާ ގިނަ ބަޔަކަށް ވިސާ ނުލިބިގެން ފުރޭ ގޮތެއް ނުވި އެވެ. އެކަމަކު، ދެ ހަރަމްގެ އުމްރާ އަށް ދާ މީހުންގެ ވިސާގެ ކަންކަން ހަމަޖެހި، އޭގެ ތެރެއިން 199 މީހަކު ވަނީ އިއްޔެ ފުރައިފަ އެވެ. ބާކީ 47 މީހުން މިއަދު ހަވީރު ގަތަރު އެއާވޭޒްގެ ޝެޑިއުލް ފްލައިޓެއްގައި ފުރާނެ ކަމަށް ޒަމްޒަމް ގުރޫޕުން ވަނީ ބުނެފަ އެވެ.