Roadha Mihaaru

އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ތިން މަހުގެ ވިސާ ދޭން ސައޫދީން ނިންމައިފި

އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދާ އެންމެންނަށް ތިން މަހުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

އުމްރާ އަށް ދާ މީހުންނަށް ތިން މަހުގެ ވިސާ
އިފްރާޒް އަލީ
އިފްރާޒް އަލީ

03 އޮކްޓޯބަރ 2022

އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދާ އެންމެންނަށް ތިން މަހުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި ސަރުކާރުން އެކަން އިއުލާންކުރީ ހައްޖާއި އުމުރާގެ އަޅުކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އަލްރާބިއާ އުޒްބެކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.

މީގެ ކުރިން، އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ސައޫދީން ދެނީ އެއް މަހުގެ ވިސާ އެވެ. މި ގެނައި ބަދަލާ އެކު ކޮންމެ ގައުމެއްގެ މުސްލިމަކަށް ވެސް ތިން މަހުގެ ވިސާ ލިބޭނެ ކަމަށް ބުންޏެވެ.

ނަމަވެސް، އެ އުސޫލުން ވިސާ ދޫކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮވިޑް-19 ފެތުރުމުން އެޅި ފިޔަވަޅުތަކަށް ފަހު ސައުދީން މި އަހަރު ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް ވަރަށް ބޮޑެތި ލުއިތައް ދީފަ އެވެ.