ބައެއް އުމްރާވެރިން އެނބުރި މާލެ އައުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއާލައިންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ދެންމެ ފުރައިފި އެވެ.
09 އޯގަސްޓް 2025
ބައެއް އުމްރާވެރިން އެނބުރި މާލެ އައުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއާލައިންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ދެންމެ ފުރައިފި އެވެ.
ޑިލޭވީ، ސައުދީ ގަޑިން މިއަދު މެންދުރު ފަހު 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި އޮތް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ކިއު2 6361 އެވެ. އެއީ މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200 އެވެ.
ހައްޖު ކޯޕަރޭޝަންގެ ސީއީއޯ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޯޓަށް ނުފުރި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ސައުދީ ގަޑިން މިއަދު ހަވީރު 6:00 ގައި އެ ފްލައިޓް މާލެ އައުމަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ އެ ފްލައިޓުން ދަތުރުކުރާ ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ އުމްރާވެރިން ގޮވައިގެން ސައުދީގެ ޖިއްދާއިން މާލެއަށް ދަތުރުކުރާ ފްލައިޓެއް ޑިލޭވި ކަމަށެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ފްލައިޓް ޑިލޭވި ސަބަބެއް އެ އެއާލައިނުން އަދި ހާމައެއް ނުކުރެ އެވެ.
މި ސްކޫލް ބަންދުގައި ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ގްރޫޕެއްގެ ފަރާތުން އުމްރާއަށް ދިޔަ 750 އަށް ވުރެ ގިނަ މީހުންގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށެވެ. އުމްރާ ވެރިން ގެންދިއުމަށް އެ އެއާލައިނުން ވަނީ މާލެއިން ޖިއްދާއަށް ޑައިރެކްޓް ފްލައިޓުތައް ބާއްވައިފަ އެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ސްކޫލު ބަންދުގައި އުމްރާއަށް 4،000 އެއްހާ މީހުން
ހިޖްރަ ގްރޫޕު ޖޫރިމަނާކޮށް ފިޔަވަޅުތަކެއް އަޅައިފި
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
އެއް އާއިލާގެ 40 މީހުން އުމްރާއަށް
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން