31 ޑިސެމްބަރ 2024
މި ޑިސެމްބަރު މަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހި އެއް އާއިލާއަކުން 40 މީހުން ސައުދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.
މި ޑިސެމްބަރު މަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހި އެއް އާއިލާއަކުން 40 މީހުން ސައުދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ މި އާއިލާ ސައުދީ އަށް ދިޔައީ މި މަހުގެ 16 ގަ އެވެ.
އުމުރުން 70 އަހަރުގެ މީހަކު ހިމެނޭ ގޮތަށް އާއިލާގެ އެކި އުމުރުފުރާގެ ޖުމްލަ 40 މީހުން މި އުމްރާ ދަތުރުގައި ބައިވެރިވެ އެވެ.
ސައުދީގައި މިވަގުތު ހުރި އެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ އުމްރާ ދަތުރުގައި ބައިވެރިވުމަށް އާއިލާގެ ގިނަ ބަޔަކު ބޭނުންވިޔަސް އެކި ސަބަބުތަކާ ހުރެ އަދިވެސް ބައެއް މީހުންނަށް ދަތުރުގައި ބައިވެރި ނުވެވޭ ކަމަށެވެ.
މި އާއިލާ އިން އުމްރާގެ އަޅުކަން އަދާކުރީ އެ މީހެއްގެ ހަރަދެއް އެ މީހަކު އަމިއްލަ އަށް ހަމަޖައްސާ ގޮތަށެވެ. އުމްރާގެ އަޅުކަމަށް ދިޔަ އެ 40 މީހުންގެ ތެރޭގައި އެއްބަނޑުއެއްބަފާ މީހުންނާއި ބޮޑުބޭބެއިންނާއި ބޮޑުދައިތައިން ފަދަ އާއިލީ ގޮތުން ވަރަށް ގާތް މީހުން ހިމެނެ އެވެ.
A single Maldivian family comprising of 40 people who came for Umrah visited the Embassy on a familiarization visit. The group was welcomed by Ambassador Sareer and staff who enquired about their well-being and experiences of their Umrah visit. pic.twitter.com/hB0TZLgQT7
— Maldives in KSA (@MDVinSaudi) December 30, 2024
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ރިއާދުގައި އާއިލާގެ މީހަކު ވެސް ދިރިއުޅެމުން އަންނާތީ އެ މީހުން ސައުދީ އަށް ދިޔައީ އުމްރާގެ އަޅުކަމަށް ފަހު ސައުދީގައި ޗުއްޓީ ހޭދަކުރާ ގޮތަށް ކަމަށެވެ.
"ސްކޫލު ޗުއްޓީ އަށް މި ފަހަރު އެހެން ތަނަކަށް ދިއުމުގެ ބަދަލުގައި އުމްރާ އަށް ހާއްސަ އިސް ކަމެއް ދީގެން އާއިލާ މި އައީ މިތަނަށް މިތަނުގައި ވެސް ޗުއްޓީ ހޭދަކުރެވޭ ގޮތަށް،" ކޮންމެ ޗުއްޓީއެއްގައި ވެސް އެކި ތަންތަނަށް ޒިޔާރާތްކުރާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އުމްރާގެ އަޅުކަމަށް ފަހު އެ އާއިލާ އިން ސައުދީގެ އެކި ތަންތަނަށް ޒިޔާރާތްކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް.
އެހެންވެ، ޓޫރިސްޓު ވިސާގައި އެ މީހުން ސައުދީ އަށް ދިޔައިރު އޭނާ ބުނިގޮތުގައި ދަތުރުގައި މައްކާ އާއި މަދީނާގައި 10 ދުވަސް ހޭދަކުރި އެވެ. އެ ތަންތަނުގެ ތާރީހީ އެކި ތަންތަނަށް ވެސް އެމީހުން ދިޔަ އެވެ.
އެ އާއިލާ އިން ބުނީ ސައުދީގެ އެކި ތަންތަނާ ގުޅޭ ތާރީހީ ވާހަކަތައް، އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އެހީގައި ލިބުނު ކަމަށެވެ.
ރާއްޖެއިން އުމްރާއަށް ދިޔަ 40 މީހުންގެ އާއިލާއަށް ސައުދީ ސަފީރު ބައްދަލުކުރެއްވުން.
ސައުދީގައި ހުންނަ ދިވެހި ސަފީރު އަހުމަދު ސަރީރު ވެސް ވަނީ މި އާއިލާއާ ބައްދަލުކުރައްވައިފަ އެވެ.
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
އުމްރާއަކަށް މިހާރު ހޭދަވާނީ 104 މިނެޓް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
އެކްޓަރު އަލީ އުމްރާގައި