11 އޮކްޓޯބަރ 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ދިޔަ ދިވެހި ސަޕޯޓަރުންގެ ފޯރި ފެނިފައި އޭނާ އަޖައިބުވެ ވަޑއިގެންފި ކަމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ދިޔަ ދިވެހި ސަޕޯޓަރުންގެ ފޯރި ފެނިފައި އޭނާ އަޖައިބުވެ ވަޑއިގެންފި ކަމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ބަލަން، މިއަދު މާލެ ވަޑައިގެންނެވި ނަމާލް ވަނީ ދަނޑަށް ޒިޔާރްތް ކުރައްވައި މެޗު ބައްލަވައިލައްވަފަ އެވެ.
ދޭތެރެ ދޭތެރެއިން ދިވެހި ބަހުން ޓްވީޓް ކުރައްވާ ނަމާލް މިރޭ ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ސަޕޯޓަރުން ރާއްޖޭގެ ގައުމީ ޓީމަށް ދިން ފޯރި އަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ލަންކާގެ ސަޕޯޓަރުން ވެސް މެޗު ބަލަން ދަނޑަށް ދިއުމުން އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ދިވެހި ސަޕޮޓަރުން ތީމަށް ފޯރި ދެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ކުޅިބަލަން ދިޔަ މީހުން ގިނަކަމުންނާއި ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވި. ކުޅިބަލަން ދިޔަ ސްރީ ލަންކާގެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް. ފެނުނީ ފޯރިގަދަ މާހައުލެއް،" ޓްވިޓާގައި ނަމާލް ލިޔުްވައިފަ ވެއެވެ.
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ކުޅެވުނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު މެޗެއް. ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާ ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވި. ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށް ޚާއްޞަ ޝުކުރެއް. ފެނުނީ ފޯރިގަދަ މާހައުލެއް. ???? pic.twitter.com/cxJeDvo5TM
— Namal Rajapaksa (@RajapaksaNamal) October 10, 2021
ދަނޑުގެ ރޮސްޓްރޮމްގައި ނަމާލް މެޗު ބައްލަވަން އިންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ އަރިހުގަ އެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަމާލް އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް ވެސް ވެދުމަށް އަރުވައިފަ އެވެ. އަދި ނަމާލްގެ ފަރާތްޕުޅުން ލަންކާގެ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް ވެސް ވެދުމަށް އެރުއްވި އެވެ.
ލަންކާ އާއި ރާއްޖެ ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ފޯރި ދެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ނަމާލް ރާއްޖެ ވަޑައިގެންނެވި ދުވަސްވީ، ގާތްގަނޑަކަށް ހަތަރު މަސް ވަންދެން ސަސްޕެންޝަންގައި ހުންނެވުމަށް ފަހު މިނިސްޓަރު މަހްލޫފް އަލުން މަސައްކަތަށް ނުކުންނެވި ދުވަހަށެވެ. މަހްލޫފް އާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވަވާ ނަމާލްގެ ކައިވެނީގެ ހަފުލާ އަށް ވެސް މަހްލޫފް ވަޑައިގެންފައި ވެއެވެ. ރާއްޖެ އާއި ގާތް ގުޅުމެއް ވެސް ބާއްވާ ނަމާލް އަކީ ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ބޭފުޅެކެވެ. ލަންކާގެ ރައީސް އަކީ ނަމާލްގެ ބޮޑުބޭބޭފުޅު ގޮތަބަޔާ ރާޖަޕަކްސަ އެވެ.
މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ ކާމިޔާބު ކުރީ 1-0 ންނެވެ. ރާއްޖޭގެ ލަނޑު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި
ރާއްޖެ އަތުން ލަންކާ މޮޅު ނުވާތާ 19 އަހަރު
ވާދަވެރި ކޯޗުން ބުނަނީ ރާއްޖޭގެ ގޭމް ވަރުގަދަ ކަމަށް
ލަންކާ ގަތަރަށް ދަތުރު ނުކުރުމުން ރާއްޖެއަށް ގެއްލުން
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު