04 އޮކްޓޯބަރ 2021
ފުރަތަމަ ދުވަހުގެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ ނޭޕާލް އަތުން ބަލިވުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. އެކަމަކު ވާދަވެރި ޓީމުތަކުގެ ކޯޗުން ވަނީ ރާއްޖޭގެ ގޭމަށް ތައުރީފްކޮށްފަ އެވެ.
ފުރަތަމަ ދުވަހުގެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ ނޭޕާލް އަތުން ބަލިވުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. އެކަމަކު ވާދަވެރި ޓީމުތަކުގެ ކޯޗުން ވަނީ ރާއްޖޭގެ ގޭމަށް ތައުރީފްކޮށްފަ އެވެ.
އިންޑިއާގެ ކޯޗް އީގޯ ސްޓިމަކް ބުނީ، މުބާރާތުގެ ފައިނަލުގެ ކުރިން ކޮންމެ ޓީމަކަށް އޮތް ހަތަރު މެޗުގައި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ރާއްޖެ އެވެ.
"އަހަރެން ބެލިން އެ މެޗު. އެހާ ވަރަށް ކުޅެފައި ވެސް އެ މީހުން ބަލިވީ، މިހާރު އެ ޓީމު އެ އޮތީ އުނދަގޫ ހާލަތަކަށް ވެއްޓިފައި،" ސްޓިމަކް ބުންޏެވެ.
ރާއްޖެ އާއި ނޭޕާލް މެޗުގައި ރާއްޖޭގެ އިބްރާހިމް މަހްދީ (ވ) އަތުން ބޯޅަ ހޯދަން ނޭޕާލްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ -- ފޮޓޯ: ނީޝާން އަލީ/މިހާރު
އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު އޮތީ ރައުންޑް ރޮބިން ބުރުގެ އެންމެ ފަހުގެ މެޗުގެ ގޮތުގަ އެވެ. ސްޓިމަކް، ސާފް ޗެމްޕިއަންޝިޕާ މެދު ދެކެނީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް އޭނާގެ ޓީމަށް ރަނގަޅު ވޯމްއަޕެއްގެ ގޮތުގަ އެވެ.
ލަންކާގެ ކޯޗް އާމިރު އަލަގިޗް ބުނީ، މޮޅަށް ކުޅުނަސް ނަތީޖާ ކޮންމެ ގޮތަކަށް ވެސް ހިނގައިދާނެ ކަމުގެ ހެއްކަކީ ރާއްޖޭގެ މެޗު ކަމަށެވެ.
"ރާއްޖެ މުޅި ގޭމް ކޮންޓްރޯލް ކުރި. ރާއްޖެއިން 300 ޕަސެންޓަށް ހަމަލާތައް އުފެއްދިި،" ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ވެސް ކުރިން މަސައްކަތް ކުރި އަލަގިޗް ބުންޏެވެ. "އެކަމަކު އެންމެ އެޓޭކް އަކުން ނޭޕާލް މެޗުން މޮޅުވީ. މިއީ ފުޓްބޯޅައިގައި ވާނެ ގޮތް."
ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގައި ރާއްޖޭގެ އަލީ ފާސިރު ސެންޓޭ(ވ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖެއާ ދެކޮޅަށް ކުޅުނު ނޭޕާލްގެ ކޯޗް، އަބްދުﷲ އަލް މުތައިރީ މުޅި ގޭމް ކޮންޓްރޯލް ކުރީ ރާއްޖޭގެ އެންމެ އިސް ފޯވަޑް އަލީ އަޝްފާގް ބަނދެލައިގެންނެވެ. އޭނާ ބުނީ އަޝްފާގް ކުޅުނު މެޗުތަކުގެ ވީޑީއޯ އޭނާ ބެލި ކަމަށެވެ.
"އަޝްފާގަކީ ބޯޅަ ހޯދަން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިލާ ކުޅުންތެރިޔެއް. އެކަން ދެނެގަނެގެން އަހަރެމެން އޭނާ އަށް ލިބޭ ފުރުސަތުތައް ބަންދުކުރީ،" މުތައުރީ ބުންޏެވެ.
މިރޭ، ނޭޕާލް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މުތައުރީ ބުނީ ރާއްޖެ އަތުން ވީ މޮޅު އޭނާ ހަނދާން ނައްތާލާފައިވާ ކަމަށެވެ. އެ މެޗުން މޮޅުވިޔަސް މިހާރު ހޯދޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް މުތައުރީ ބުންޏެވެ. އޭނާ ސިފަކުރީ މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތުގައި ނޭޕާލްގެ ފުރަތަމަ މެޗުގެ ގޮތުގަ އެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލް އާއި ލަންކާ އެވެ. ރާއްޖެ ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބަންގްލަދޭޝް އާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ޒުވާން ޓީމު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެ
ނޭޕާލް ބަލިކޮށް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
ޗެތުރީގެ ދެލަނޑުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
2008 ގެ ފައިނަލް: އިންޑިއާ އަށް ހަޖަމު ނުވި ބަލި