06 އޮކްޓޯބަރ 2021
ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ ރަނގަޅު ކުރެވުމުން، މުބާރާތުގައި ކުރިއަށް ދިއުމާމެދު އުންމީދު ބޮޑު ވެއްޖެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ ރަނގަޅު ކުރެވުމުން، މުބާރާތުގައި ކުރިއަށް ދިއުމާމެދު އުންމީދު ބޮޑު ވެއްޖެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ނޭޕާލް އަތުން ބަލިވި މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް ޕްރެކްޓިސްތަކުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ފުރަތަމަ މެޗުގައ ދިވެހި ޓީމު ބޭނުންވި ކާމިޔާބު ނުލިބުނު ކަމުގައިވިއަސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު އެ މެޗުގައި ދެއްކި ކުޅުމާ މެދު. އޭގެއިން ރަނގަޅު ކުރެވެން ހުރި ބައިވަރު ކަންކަމެއް މިދިޔަ ޓްރޭނިންތަކުގައި ރަނގަޅު ކުރެވުނު،" ޕްރެސްގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
"މި މެޗަށް އަންނައިރު އެނގޭ ބަންގްލަދޭޝް އަކީ ވަރަށް ވަރުގަދަ ޓީމެއްކަން އަނެއްކާ މުބާރާތުގައި އެ މީހުންގެ ފޯމް މި ފެނުނީ ވަރަށް ރަނގަޅަށް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތައްޔާރީތަކާ އެއްކޮށް މި މެޗަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."
ފުރަތަމަ މެޗުގައ ދިވެހި ޓީމު ބޭނުންވި ކާމިޔާބު ނުލިބުނު ކަމުގައިވިއަސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު އެ މެޗުގައި ދެއްކި ކުޅުމާ މެދު. އޭގެއިން ރަނގަޅު ކުރެވެން ހުރި ބައިވަރު ކަންކަމެއް މިދިޔަ ޓްރޭނިންތަކުގައި ރަނގަޅު ކުރެވުނު، ސުޒޭން
ނޭޕާލް މެޗަށް ފަހު ސުޒޭން ބުނެފައި ވަނީ ރާއްޖޭގެ ޓީމަށް ޕްރެޝާ އެބައޮތް ކަމަށެވެ. ސުޒޭން މިއަދު ބުނީ އޭނާ ފާހަގަކުރި ޕްރެޝަރު މިހާރު ފެންނަން އެބައޮތް ކަމަށެވެ. އެކަން ފާހަގަކޮށް ސުޒޭން ބުނީ ނޭޕާލް އާއި ބަންގްލަދޭޝް ކުޅުނު ދެ މެޗުން އެ ދެ ޓީމު ތާވަލުގެ ކުރިއަށް ޖެހިލުމަކީ ޕޮއިންޓެއް ނެތް ރާއްޖެ އަށް އޮތް ޕްރެޝަރެއް ކަމަށެވެ.
"އެއީ އަޅުގަނޑު ފާހަގަކުރި ޕްރެޝަރަކީ. އެއްގޮތަކަށް ވެސް އަޅުގަނޑުމެން ގޮތް ހުސްވެ އެކަހަލަ ކަމެއް ވާނެ ވާހަކައެއް ނޫން،" ސުޒޭން ބުންޏެވެ.
ނޭޕާލް މެޗަށް ފަހު ޓީމުގެ ދެ ކުޅުންތެރިޔަކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެފައި ވުމުން އެ ދެ ކުޅުންތެރިންގެ ރިކަވަރީ އަށް ޓީމުގެ ޑޮކްޓަރު އަބްދު ރާފިއު މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޒޭން ބުންޏެވެ. އެހެންވެ ސުޒޭން ބުނީ ނޭޕާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
"އެ މެޗުގައި އަޅުގަނޑުމެން ސްކޯ ކުރުން ފިޔަވައި ގިނަ ކަންކަން ވަރަށް ރަނގަޅަށް ދިޔައީ. އެހެންވީމަ ބަދަލުތައް ގެނެސް އަޅުގަނޑުމެންގެ ފަރާތުން އެ ހާސްކަން ދައްކަން ޖެހޭ ސަބަބެއް ނުވިސްނޭ،" ސުޒޭން ބުންޏެވެ.
"ދިވެހި ޓީމު ކުޅުނު ކުޅުމަށް ބަލާއިރު ޓީމުގެ ފަރާތުން ފެނުނު ވަރަށް ގިނަ ކަންކަން. މި އިންޖަރީވި ދެ ކުޅުންތެރިން 100 ޕަސެންޓް ފިޓް ނޫނިއްޔަކާ އަޅުގަނޑަކަށް ހިއެއް ނުވޭ މާބޮޑު ބަދަލެއް އަންނާނެ ހެނެއް."
ސުޒޭން ބުނީ ރާއްޖޭގެ ޓީމުގައި އޮތް އެޓޭކިން ލައިނަކީ ލަނޑެއް ޖެހުމަށް ފަހު ދެން އިތުރު ގިނަ ލަނޑުތަކެއް ޖަހަން ހިތްވަރު ލިބޭ ވަރުގެ އެޓޭކިން ލައިނެއް ކަމަށެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން