07 ސެޕްޓެމްބަރ 2022
ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި މިހާރު ކުރިއަށްދާ ދެ މުބާރާތް، އަންހެން ސާފް ޗެމްޕިއަންޝިޕާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ބަންގްލަދޭޝްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި މިހާރު ކުރިއަށްދާ ދެ މުބާރާތް، އަންހެން ސާފް ޗެމްޕިއަންޝިޕާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ބަންގްލަދޭޝްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ އެވެ.
ނޭޕާލްގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަފް ބަންގްލަދޭޝްގެ އަތުން ރާއްޖެ ބަލިވީ 3-0 ންނެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ރަންގަސާލާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ތިން ލަނޑު ވެސް ރާއްޖެއިން ޖެހީ މ ފުރަތަމަ ހާފުގަ އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ބަންގްލަދޭޝް އަށް ލީޑް ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ސަބީނާ ހާތުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ރާއްޖެއިން ބަންގްލަދޭޝް އާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން އެ މެޗުން ރާއްޖެ ބަލިވީ 3-0 ން --- ފޮޓޯ: ސާފް
ކުރިން ރާއްޖޭގެ ސިފައިންގް ކްލަބަށް ވެސް ކުޅުނު ސަބީނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ރާއްޖޭގެ ކީޕަރު އާމިނަތު ލީޒާ (ލިޒީ) އަތުގައި ޖެހިފަ އެވެ.
އޭގެ ދެ މިނެޓް ފަހުން ބަންގްލަދޭޝްގެ ދެވަނަ ލަނޑު ޖެހީ މޮނިކާ މޮނިކާ ޗަމަކާ ޖެހީ ރާއްޖޭގެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ.
ބަންގްލަދޭޝްގެ ދެވަނަ ލަނޑު 40 ވަނަ މިނެޓްގައި ޖެހީ ސަބީނާ އެވެ. މަރްޔަމް މޮންދާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ލިޒީ ދިފާއުކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ސަބީނާ ވައްދާލީ ގޯލްގެ ތެރެއަށެވެ.
ދެވަނަ ހާފުގައި ބަންގްލަދޭޝްގެ ހަމަލާތައް ރާއްޖޭގެ ކީޕަރު ލިޒީ ދިފާއު ވެސް ކުރި އެވެ. މި ގުރޫޕްގައި ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޕާކިސްތާނެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބަންގަލަދޭޝް އާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން އެ މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ވަނީ ދެ ލަނޑު ޖަހާފަ --- ފޮޓޯ: ސާފް
ޕާކިސްތާނަށް ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނަށް ފަހު އެނބުރި ފުޓްބޯޅަ މުބާރާތަކަށް އެ ގައުމުން ފުރަތަމަ ނުކުތީ އަންހެން ގައުމީ ޓީމެވެ. މިއަދު އިންޑިއާ އާ ދެކޮޅަށް ކުޅެ ޕާކިސްތާން ބަލިވީ 3-0 ންނެވެ.
ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.
ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގަލަދޭޝްގެ ޓީމު އަތުން ރާއްޖެ ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ކޮލަމްބޯގެ ރޭސް ކޯސް ދަނޑުގައި ކުޅުނު މެޗުގައި ބަންގްލަދޭޝްގެ މިރާޖުލް އިސްލާމް ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި ޖެހީ ނަޒުމުލް ހުދާ ފައިސަލް އެވެ. ދެވަނަ ލަނޑު 38 ވަނަ މިނެޓްގައި ޖެހީ އެމްޑީ މުރްޝިދު އަލީ އެވެ. މިރާޖުލްގެ ތިން ލަނޑު އޭނާ ޖެހީ ދެވަނަ ހާފުގަ އެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ހޮނިހިރު ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ލަންކާ އާ ދެކޮޅަށެވެ.
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
އިންޓަނޭޝަނަލް ސްޓޭޖުގައި ފުޓްބޯޅަ އަށް ބުރަ މަހެއް
އިންޑިއާ އަށް ގޯލް ނުޖެހޭތީ ހައިރާންވޭ: ސްޓިމަކް
އޮސްކާ ބުނަނީ ރެފްރީ ހުރީ ރާއްޖެއާއެކު ކަމަށް
މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް އުއްމީދު
"މަހަލް-ދޭޝް" ޑާބީ – ފޯރި ގަދަވާނެ
އެކުވެރިކަން އެއްފަރާތް ކުރުމަށް ފަހު ރާއްޖެއާ ދެކޮޅަށް
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް
ހަ ގަޑިއިރުތެރޭ 5,000 ޓިކެޓް އެއްކޮށް ވިކިއްޖެ