އެމްޑަބްލިއުއެސްސީ ޝޯރޫމުގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ އެ ކުންފުނީގެ ލޯޔަލް ކަސްޓަމަރުންގެ ތެރެއިިން 10 ކަސްޓަމަރަކަށް 100،000ރ.ގެ ވައުޗަރު ދީފި އެވެ.
29 ސެޕްޓެމްބަރ 2021
އެމްޑަބްލިއުއެސްސީ ޝޯރޫމުގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ އެ ކުންފުނީގެ ލޯޔަލް ކަސްޓަމަރުންގެ ތެރެއިިން 10 ކަސްޓަމަރަކަށް 100،000ރ.ގެ ވައުޗަރު ދީފި އެވެ.
އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވައުޗާތައް ކަސްޓަމަރުންނަށް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ކޮންމެ ކަސްޓަމަރަކަށް ދީފައިވަނީ 10،000ރ. ގެ ވައުޗަރެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ވައުޗާތައް ބޭނުން ކުރެވޭނީ އެމްޑަބްލިއުއެސްސީގެ ޝޯރޫމުން ތަކެތި ގަތުމަށެވެ.
ޝާހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި އިތުރު ބްރޭންޑްތަކާއި އުފެއްދުންތައް ވެސް ޝޯރޫމަށް ގެނެސް، ހިދުމަތްތައް ޑިޖިޓަލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝޯރޫމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް ކައިރި މުސްތަގުބަލެއްގައި އިތުރު ބްރޭންޑުތަކާއި ޕްރޮޑަކްޓުތައް ގެނައުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އަދި ޝޯރޫމުން ދޭ ހިދުމަތްތައް ވީހާވެސް ކައިރިން ފޯރުކޮށްދިނުމަށް ޑިޖިޓަލް ހިދުމަތް ވެސް ތައާރަފު ކުރާނެ،" ޝާހު ވިދާޅުވި އެވެ.
ޝޯރޫމުގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ނިިޔަލަށް ޝޯރޫމުން ގަންނަ ފެން މީޓަރާއި ފެން ޓެސްޓު ކުރުމުގެ ހިދުމަތްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
އެމްޑަބްލިއުއެސްސީ ޝޯރޫމުން އާރުއޯ ޕްލާންޓާއި މެމްބްރޭންސް އާއި ޕަމްޕާއި ޓޭންކާއި ހޮޅި އަދި ފިޓިން އާއި ފެން މީޓަރާއި ސްޕެއާ ޕާޓްސް ލިބެން ހުންނާނެ އެވެ. އަދި އެ ކުންފުނީގެ ލެބޯޓްރީ މެދުވެރިކޮށް ފެން ތަހުލީލުކުރުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ.
އެމްޑަބްލިއުއެސްސީ ހިދުމަތުގައި ފަހަތަށް ބެލުމެއް ނެތް
ހުށަހަޅާ ޝަކުވާގެ އަދަދު 90 ޕަސެންޓު މަދުވެއްޖެ
އެމްޑަބްލިއުއެސްސީގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް
ޓޫރިޒަމް ދާއިރާއިން ފެން ކުންފުންޏަށް ޑޮލަރު ހޯދަނީ
10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީ ނިންމައިފި
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ރީލޯންޗުކޮށްފި
ސަސްޕެންޑް ކުރި ފަޒީލް ވަޒީފާއިން ވަކިކޮށްފި
އެމްޑަބްލިއުއެސްސީއަށް 217 މިލިއަން ރުފިޔާގެ ފައިދާ
މުސާރަ ލިބޭގޮތަށް ފަޒީލް ސަސްޕެންޝަނުގައި 6 މަސް ދުވަސް
ކެންދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްފި