Roadha Mihaaru
އެމްޑަބްލިއުއެސްސީގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް

އެމްޑަބްލިއުއެސްސީގެ މުހިންމު ހިދުމަތްތަކެއް އޮންލައިންކޮށް

01 އެޕްރީލް 2019

އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އިންޓަނެޓް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އިންޓަނެޓް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް މިއަދު ހަމަޖައްސައިފި އެވެ.

މި ހިދުމަތްތައް އިފްތިތާހުކުރެއްވީ އެ ކުންފުނީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމީލް އާއި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް އެވެ.

ނަރުދަމާ އާއި ފެނުގެ ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް މިއަދު އެ ކުންފުނިން ހަމަޖެއްސި އިރު، ކުރިން ނަމަ އެކަން ކުރަން ޖެހެނީ ހަމައެކަނި އެ އޮފީހަށް ގޮސްގެންނެވެ. އޮންލައިންކޮށް ފޯމް ހުށައެޅުމުގެ އިތުރުން ކުންފުނީގެ މައި އޮފީހުން ވެސް އެ ހިދުމަތްތަކަށް އެދެވޭނެ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ލަމްޔާ އަބްދުﷲ/ މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ލަމްޔާ އަބްދުﷲ/ މިހާރު

މަލީހު ވިދާޅުވީ ކިއުގައި ޖެހިގެން ހުންނަ މީހުންގެ އަދަދާއި، ހޭދަކުރާ ވަގުތު މަދުކުރަން އެމްޑަބްލިއުއެސްސީ އިން މަސައްކަތްކުރާތީވެ އުފާކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދެންނެވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައި މަލީހާއި އާޒިމް އަދި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭން 1995 ގައި އުފެއްދި އެމްޑަބްލިޔުއެސްސީން ވަނީ މެނުފެކްޗަރިން އާއި އިންޖިނިއަރިން ދާއިރާއިން ވެސް ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އާޒިމް ވިދާޅުވީ 60،000 މީހުންނަށް ހިދުމަތް ދޭން ގާއިމްކުރި ނެޓްވޯކެއް މެދުވެރިކޮށް 200،000 މީހުންނަށް ހިދުމަތް ދޭން ވަރަށް ދަތި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 މުވައްޒަފުންނާ އެކު ފެށި ކުންފުނީގައި މިހާރު 900 އަށް ވުރެ ގިނަ މުވައްޒަފުން 24 ގަޑިއިރު ގެންދަނީ ހިދުމަތް ދެމުންނެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ؛ ލަމްޔާ އަބްދުﷲ/ މިހާރު

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ؛ ލަމްޔާ އަބްދުﷲ/ މިހާރު

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަކީ އާއިލާއެއް ކަން ފާހަގަކުރަމުން، އެ ހީވާގި މަސައްކަތުގައި ދެމިތިބޭތީ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އެމްޑަބްލިޔުއެސްސީއަށް ހުރި އެންމެ ބޮޑު ގޮންޖެހުންތައް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ނެޓްވޯކިން މައްސަލައަށް ހައްލެއް ހޯދަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.

"އަޅުގަނޑުމެން ފަހަގަކޮށްލަން އަޅުގަނޑުމެން ގެނައި ބަދަލާ އެކު ކުރިން އަންނަ ކޮމްޕްލެއިންތަކެއް ނާދޭ،" އާޒިމް ވިދާޅުވި އެވެ.