23 ޑިސެމްބަރ 2019
މާލެ ސިޓި ކައުންސިލްގެ މޭޔަރަކަށް ޝިފާ މުހައްމަދު ފަދަ ބޭފުޅަކު ހުންނެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓި ކައުންސިލްގެ މޭޔަރަކަށް ޝިފާ މުހައްމަދު ފަދަ ބޭފުޅަކު ހުންނެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ މަސްވެރިންގެ ޕާކްގައި އެމްޑަބްލިޔުއެސްސީން ހެދި ޓޫރިސްޓް ޓާމިނަލް، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެއީ ޝިފާގެ އިސްނެންގެވުމުގެ މަތިން ތަރައްގީކުރި ތަނެއް ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި މޭޔަރަކަށް ޝިފާ ހުންނަވައިގެން މާލެއަށް މިހާރު ގެންނަ ބަދަލުތައް އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ އެވެ.
"ޝިފާގެ ދުރުވިސްނުމާއި ޝިފާ މާލެއަށް މިގެންނަ ބޮޑެތި ބަދަލުތަކަކީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް. އެކަމަށްޓަކައި އަދި މާލެއަށް ތި ގެނެސްދެއްވާ ރީތި ނަމަށްޓަކައި ޝިފާއަށް ޝުކުރު ދަންނަވަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް ޝިފާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެ ކުންފުނިން ބޭނުންވާ ގަޑިއެއްގައި ޝިފާގެ އެހީ އަބަދުވެސް ލިބެމުން އަންނަ ކަމަށާއި އެފަދަ ބޭފުޅަކު ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވުމަކީ ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުން އެފަދަ ބޭފުޅުން ފެންނަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު އެމްޑަބްލިއުއެސްސީއާ ހަވާލުވި ފަހުން އެންމެ ގިނައިން ބައްދަލުވި އެއް ބޭފުޅަކީ ޝިފާ. އަޅުގަނޑުމެން ލަފަޔަކަށް ބޭނުންވިޔަސް އަދި ހުއްދައަކަށް ބޭނުންވިއަސް ކޮންމެ ވަގުތަކު ވެސް މިފަދަ އެވެއިލެބަލް ބޭފުޅެއް ހުރުމަކީ ލިބޭ އުފަލެއް،" އާޒިމް ވިދާޅުވި އެވެ.
ފެންބޮޑުވުން ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް!
ޓޫރިސްޓު ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްފި
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ކައުންސިލްގެ 8 ކޮންސަލްޓަންޓުންނަށް މަހަކު ދެ ލައްކަ
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި
އާސަހަރާ އެއްކޮށް ނިންމައި އަންނަ ހުކުރުގައި ހުޅުވަނީ
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް