މާލެ އިން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފުސީލު ކުރިއަށް އޮތް ދެ މަސް ތެރޭގައި އާންމުކުރާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
30 ޖުލައި 2025
މާލެ އިން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފުސީލު ކުރިއަށް އޮތް ދެ މަސް ތެރޭގައި އާންމުކުރާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ކައުންސިލް އުފެދުނު ފަހުން ހޭދަވީ 15 އަހަރު ތެރޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ އޮޑިޓެއް ނުވަތަ ދަފްތަރެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، މާލެ އިން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކެއްގެ ތަފްސީލް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކުރެވޭނެ އެވެ.
މާލެ ސިޓީ ރައްޔިތުންނާ އެކު މޭޔަރު އާދަމް އާޒިމް ރޭ ބޭއްވި ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
"ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ބިންތަކެއް ކުއްޔަށް ދޫކޮށްފައި ހުރީ ކޮން ބަޔަކަށްތޯ، ކޮން ބޭނުމަކު ތޯ، ކޮން ކުއްޔަކަށް ތޯ، ކިހާ މުއްދަތަކަށް ތޯ، އެތާ ސީއެސްއާރު ކޮމްޕޯނަންޓު ހިމެނިފައިވޭތޯ އާއި މިހުރިހާ ކަމެއް، އޭގެ އިތުރުން ވެސް ހުރި ކަމެއް ވެއްޖިއްޔާ ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ތިބޭފުޅުންގެ ބިންތަކުގެ ހުރިހާ ތަފުސީލެއް އަޅުގަނޑު ހާމަކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.
ބިންތަކުގެ ތަފްސީލު ހާމަކުރަން މި ނިންމީ ކައުންސިލުން ކުއްޔަށް ދޭ ތަންތަނާއި އެ ތަންތަން ކުއްޔަށް ނަގާ މީހުންގެ މައުލޫމާތު އާއްމުނުކުރާ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހް (އައިކޮ) ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.
އާޒިމް ވިދާޅުވީ ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނުގެ ކުލި ނުދައްކާތާ 10 އަހަރު ވެފައިވާ ކަމަށެވެ. ބައެއް ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަނަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު ހަމަވުމުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތް މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.
އާޒިމް ވިދާޅުވީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ހަމަވާން ކައިރިވުމުން ދެ ފަރާތުން ވާހަކަ ދައްކައިގެން މީގެ ކުރިން މުއްދަތު އިތުރުކުރަނީ ކަމަށެވެ. ނަމަވެސް މިހާރު ކޮންޓްރެކްޓެއް ހަމަވުމުން އިއުލާނު ކުރުމަށް ފަހު ކައުންސިލަށް އެންމެ ފައިދާވާ ޕްރޮޕޯސަލާ އެއްކޮށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ކުއްޔަށް ދިން ޕާކިން ސްލޮޓްތައް އާއްމުންނަށް ހުޅުވާލަނީ
ބީޗުވޮލީ ކުޅޭ ތަނާ ކައިރީގައި ކާނިވަލެއް ތަރައްގީކުރަނީ
މިއުޒިކް އާޓިސްޓުންނަށް ތައިސޭކޮށި ދޫކުރަން ނިންމައިފި
މޭޔަރުންގެ ފޯރަމަށް ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް
ހުކުރު ދުވަސްތަކުގައި ބައެއް މަގުތަކުގައި ދުއްވުން މަނާ
މައްސަލަ ހޫނުވެ ސަހަރާގައި ހެދި ކުޅޭތަން ނަގައިފި
ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖަށް 4 މިލިއަން
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ