މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފި އެވެ.
18 މާޗް 2025
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފި އެވެ.
މާފަންނު ސަރަހާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ފޮޓޯ އިއްޔެ އާންމު ކުރެއްވީ ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ދޮންވެލި އަޅައި ވަށައިގެން ވެލިބަސްތާ ޖަހައިގެން އެތަން ތައްޔާރުކޮށްފައި އޮތީ ބައިބަލާ ކުޅޭ ތަނަކަށެވެ.
މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި.-- ފޮޓޯ: ނާޖިހު ދީދީ
އެއާ އެކު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދިޔައީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެެވެ. މީހުންގެ ގަބުރުތައް ނަގައި ކުޅޭ ތަނެއް ހެދުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ދީނީ ގޮތުން ބަލާއިރު އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ބައެއް ޝައިހުން ވެސް ވަނީ ސިޓީ ކައުންސިލްގެ އެ އަމަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށް، މިހާރު މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރަން ހެދި ތަން ވަނީ އެއްކޮށް ނަގައިފަ އެވެ.
ގިނަ ބަޔަކު އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ ސިޓީ ކައުންސިލުގެ ހުއްދައާ އެކު ނޫން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.
އެކަމަކު އޭގެ ކުރިން "ސަން" އޮންލައިނަށް ރޭ ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވެފައި ވަނީ ސަހަރާ އިން ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްފައިވާ ކަމަށާއި އެ ބިމުން ބައެއް ދީފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަކަށް ތައްޔާރުވާ ބަޔަކަށް ކަމަށެވެ.
އާސަހަރާ ހަދައި، މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. މާފަންނު ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.
ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުންގެ މަހާނަތައް ވެސް މާފަންނު ސަހަރާގައި ހުއްޓެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު އޭރު ވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.
އެ ސަހަރާގެ ހުޅަނގު ފަރާތުން މަޖީދީ މަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޕާކިން ޒޯނު ވެސް ހެދީ ބައެއް ގަބުރުތައް ނަގައިގެންނެވެ.
ގަބުރުތައް ނަގައި މާފަންނު ސަހަރާގައި ކުޅޭ ތަނެއް
ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖަށް 4 މިލިއަން
ޖަމާއަތްތެރިންގެ އެލަވަންސް ކައުންސިލްގެ ބަޖެޓުން ދެނީ
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ސިޓީ ކައުންސިލަށް ހޯދަނީ