23 ޑިސެމްބަރ 2019
ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ހަދައިދިން ޓާމިނަލް މާލޭ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.
ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ހަދައިދިން ޓާމިނަލް މާލޭ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.
މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިއީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ދަށުން ހަދައިދިން ޓާމިނަލެކެވެ.
މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ އަންނަ ޓޫރިސްޓުންނަށް ފާހާނާކޮށް، ފެންވެރޭނެ ގޮތާއި ޓޫރިސްޓުންނަށް މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ޓާމިނަލް ހިންގާނީ ވިޔަފާރި މޮޑެލަކަށް ކަމަށެވެ. އެހެންކަމުން ޓާމިނަލް ހިންގަން ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަން ވެގެންދާނީ ޓޫރިސްޓު ހަބަކަށް. މިތަނުން ލިބޭ އާމްދަނީން އިސް މުވައްޒަފުން ނަގައިގެން ރަނގަޅު މުސާރައެއް ދީގެން، ސަރުކާރުގެ ބަޖެޓާ ނުލާ މިތަން ބެލެހެއްޓުމުގެ ކަންތައްތައް ހިންގުމަށް އަޅުގަނޑުމެން މިދަނީ ރާވަމުން،" ޝިފާ ވިދާޅުވި އެވެ.
ޓޫރިސްޓް ޓާމިނަލް ނިންމައި ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް އެތަން ހުޅުވާނެ ރަސްމީ ތާރީހެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ. ޝިފާ ވިދާޅުވީ ކުލަގަދަކޮށް އެ ރަސްމިއްޔާތު ބާއްވަން ބޭނުންވާ އިރު މި ދުވަސްވަރު އެކަމަށް މޫސުން ތަންނުދޭތީ ލަސްވަނީ ކަމަށެވެ.
މަސްވެރިންގެ ޕާކުގައި ހަދާފައިވާ ޓޫރިސްޓް ޓާމިނަލް: މި ޓާމިނަލް ހިންގާނީ ސިޓީ ކައުންސިލުން- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޓާމިނަލްގެ ފާހާނާ ބޭނުންކުރެވޭނީ ފީއެއް ނައިގެންނެވެ. ނަމަވެސް އެ އަގުތައް ސިޓީ ކައުންސިލުން އަދި ކަނޑައެއްނާޅަ އެވެ. މި އަގުތަކާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން މާލެ ފޮނުވާ ޓޫރިސްޓުންނަށް އަމާޒުކޮށް، މަހު ފީއެއް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށެވެ.
ޓާމިނަލުން ފްލައިޓު ޝެޑިއުލް އާއި ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރުމުގެ އިތުރުން ޓުއާ ގައިޑްގެ ހިދުމަތް ބޭނުން ނަމަ އެކަން ވެސް ކުރެވޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން މިހުރީ މިތަނުގައި ކުރިއަށް އޮތް ތަނުގައި ގެސްޓް ރިލޭޝަންސް މީހުން ބިނާ ކުރުން. މިއީ ދިވެހި ޒުވާނުންނަށް ލިބިގެންދާނެ ފުރުސަތެއް. އަޅުގަނޑުމެން ބޭނުން ވަޒީފާއަށް ވެސް ޒުވާނުން ގެނެސް ހޭލުންތެރިކުރުވަން،" ޝިފާ ވިދާޅުވި އެވެ.
ބޭނުންކުރަން ނުފެށި، ކްރޫޒްލައިނާ ޓާމިނަލް ހަލާކުވެއްޖެ
މޭޔަރު ޝިފާއަށް އާޒިމްގެ ތައުރީފުގެ ބަސް
"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
90 މިލިއަން ޑޮލަރުގެ ނަސަންދުރާ ހުޅުވަނީ