މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފައިވާ ކަމަށް، ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފައިވާ ކަމަށް، ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިޒަމްގެ ޑެއިލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،520،699 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 1،386،554 ޓޫރިސްޓުންނާ އަޅާބަލާއިރު، 9.7 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ އެހާތަނަށް ދުވާލަކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އެވްރެޖް އުޅެނީ 6،232 ގަ އެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖޭން މަރުހަބާ ކިޔާފައިވާ 33،733 ޓޫރިސްޓުންނަކީ، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 23.6 ޕަސެންޓުގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަންނަނީ ދަމަހައްޓަމުންނެވެ. މިގޮތުން، ރާއްޖޭގައި ޗުއްޓީ ހޭދަކުރި 240،828 ޗައިނާ ޓޫރިސްޓުންނަކީ، މުޅި ޖުމްލައިގެ 15.8 ޕަސެންޓެވެ.
ޗައިނާގެ ފަހަތުން، ރަޝިޔާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުން ވެސް މި އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 73.4 ޕަސެންޓު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވާއިރު، އެ އަދަދު މި އަހަރުގެ ނިޔަލަށް 2.3 މިލިއަނަށް އިތުރުކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިސްޓުންނާ ގުޅޭ ހަރަކާތްތަކަށް ހާއްސަ ޕްލެޓްފޯމެއް
އިންޑިއާ މާކެޓް ހޯދަން ކުރާ މަސައްކަތުން ކުރިއެރުން
މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި
ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަނީ
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ސަފީރުގެ ހުށަހެޅުންތަކެއް
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ކުދިންތަކެއް ރައީސަށް ދިން ސިޓީ: ކުރީ ބޮޑު ޝަކުވާއެއް
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް