Roadha Mihaaru
"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި

"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި

16 މެއި 2019

މޫދަށް އެރި އުޅޭ އިރު ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރަން ޓޫރިޒަމް މިނިސްޓްރީން ފެށި ޕްރޮގްރާގެ ދަށުން، މޫދަށް އެރެން ރައްކާތެރި ސަރައްދުތައް އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށް ހުޅުމާލޭގައި ބޯޑުތައް ހަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މޫދަށް އެރި އުޅޭ އިރު ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރަން ޓޫރިޒަމް މިނިސްޓްރީން ފެށި ޕްރޮގްރާގެ ދަށުން، މޫދަށް އެރެން ރައްކާތެރި ސަރައްދުތައް އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށް ހުޅުމާލޭގައި ބޯޑުތައް ހަރުކޮށްފި އެވެ.

ޓޫރިސްޓު ޕޮލިހާއި އެމްއެންޑީއެފާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި ރަށު ކައުންސިލްތަކާ ގުޅިގެން ހިންގާ "ވޯޓާ ސޭފްޓީ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.

ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ ނުވަތަ އެހީއެއް ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރުތަކާއި އެ ގޮނޑުދޮޑުގެ ސިފަތައް އެ ބޯޑުތަކުގައި ބުނެދީފައިވެ އެވެ. އެ ގޮތުން ހުޅުމާލެ ބީޗުގައި ތޫނު ގާ ހުންނާނެ ކަމަށާއި އެކަމަށް ސަމާލުކަން ބަހައްޓަން، އެ ތަނުގައި ބެހެއްޓި ބޯޑުގައި އިރުޝާދު ދީފައިވެ އެވެ. މި ބޯޑުތައް ބެހެއްޓީ ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުގަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހުޅުމާލޭގައި މި މަސައްކަތް ފުރަތަމަ ފެށި ނަމަވެސް، މި ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު މި ތައާރަފް ކުރެވިގެންދާ ބޯޑު ވާނެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، އެ ފަތުރުވެރިން މޫދަށް އެރޭނެ ރަނގަޅު ސަރައްދުތައް، ކޮންމެ ކައުންސިލަކާ ގުޅިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި އެކަށޭނެ ބޯޑަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު 39 ހާދިސާއެއްގައި ޓޫރިސްޓުން މަރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ ކޮންމެ އަހަރަކު ވެސް ހިނގާ އެފަދަ ހާދިސާތައް 50 ޕަސެންޓް މަދުކުރުން ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކޮންމެ ރަށަކަށް ލައިފް ގާޑުން ތައާރަފްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަގާމުތަކަށް ނަގާނީ ދިވެހިން ކަމަށާއި އެ މަސައްކަތް ފިތުރު އީދަށް ފަހު ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ބޯޑުތަކުގެ އިތުރުން، ބޯޑުތައް ކައިރީގައި ލައިފްގާޑުން ޑިއުޓީގައި ބެހެއްޓުން. ހަމަ އެއާ އެކު ދުނިިޔޭގެ އެހެން ތަންތަނުގަ އޮންނަ ސަލާމަތީ ރައްކާތެރިކަމުގެ އާލާތްތައް ހަރުކޮށް ނިންމުން،" އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ދުނިޔޭގެ އެންމެ ރީތި ތަނުގެ އިތުރަށް މިއީ އެންމެ ސަލާމާތްތެރިތަނަށް ކަމަށް ވެސް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މޫދަށް އެރި އުޅުމުގައި ހިނގި އެކި ހާދިސާތަކުގައި މި އަހަރު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވެ އެވެ.