Roadha Mihaaru
އިޓަލީގައި މަރުވި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ

އިޓަލީގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ

18 ސެޕްޓެމްބަރ 2021

އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

އިޓަލީގެ މީހަކާ އިނދެގެން އުޅުނު ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ މަހުމޫދު އިމާދު، 44، ގޭގެ ބަގީޗާތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މައިދައިތައަށެވެ. އެ ވަގުތު، ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ނެތަސް ފޯނު އޮތީ ހަލާކުކޮށްލާފައި ކަމަށް، އެ މީހައާ ހަވާލައިފީ އާއިލާއިން ރޭ ބުުންޏެވެ.

މީޑިއާތަކުގައި އެ ހާދިސާ އެންމެ ފުރަތަމަ ރިޕޯޓުކުރީ ވެސް އިޓަލީގައި ދިވެއްސަކު މަރާލައިގެން އުޅޭ ކަމަށެވެ. ނަމަވެސް އިމާދުގެ އެއްބަނޑުއެއްބަފާ ބޭބެ، އަހުމަދު ހަނީފު "މިހާރު" އަށް މިރޭ ބުނީ ކޮއްކޮގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ޝައްކެެއް ނުކުރެ އެވެ.

އަނިޔާވެރިކޮށް އެއްވެސް ކަމެއް ހިންގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައިނުވާ ކަމަށް ހަނީފު ބުންޏެވެ.

އޭނާ ބުނީ އެ މައްސަލަ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީ މެދުވެރިކޮށް އިޓަލީގެ އިދާރާތަކުން ރަސްމީކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ވީހާ ވެސް އަވަހަކަށް ހަށިގަނޑު ގެނެވޭތޯ ބަލަމުން އަންނަކަމަށް ހަނީފު ބުނެ އެވެ.

"އިރުއޮއްސުނުހާއިރު މައުލޫމާތު ލިބުނީ ކޮއްކޮގެ ހަށިގަނޑު އަދި ވެސް އޮތީ ފުލުހުންގެ ބެލުމުގައި ދަށުގައިކަން. މި ބަލަނީ ވީހާ ވެސް އަވަހަކަށް ހަށިގަނޑު ގެނެވޭތޯ،" އޭނާ ބުންޏެވެ،

އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގަ އެވެ. އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގަ އެވެ.