02 ޖުލައި 2024
އިޓަލީގެ އަސްކަރީ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖެއްސީ ޓެކްނިކަލް ސްޓޮޕް އޯވާއެއްގެ ގޮތުގައި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
އިޓަލީގެ އަސްކަރީ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖެއްސީ ޓެކްނިކަލް ސްޓޮޕް އޯވާއެއްގެ ގޮތުގައި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
އެ ގައުމުގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް މިއަދުގެ މެންދުރުފަހު ރާއްޖޭގެ މައި އެއާޕޯޓުގައި ޖެއްސި އެވެ.
ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އިޓަލީގެ ސިފައިންގެ އަސްކަރީ ތަމްރީނަކަށް، އެ މަންޒިލަށް ދިއުމަށާއި ތަމްރީނު ނިންމުމަށް ފަހު އެނބުރި އިޓަލީ އަށް ދިއުމުގެ މަގުމަތީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންވެ، އަންނަ ހުކުރު ދުވަހާ ހަމައަށް ވެލާނާ އެއާޕޯޓުގައި އެ ބޯޓުތައް ޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސާނީ އޮފިޝަލް ވިދާޅުވި ގޮތުގައި، ޓެކްނިކަލް ސްޓޮޕް އޯވާގެ ގޮތުގަ އެވެ. އޭގެ ބޭނުމަކީ ބޯޓުތަކަށް ތެޔޮ އަޅަން ނުވަތަ ކްރޫއިން އަރާމުކުރާށެވެ.
އެއާޕޯޓަށް އެ ޖެޓުތައް މިއަދު ޖައްސަން ތިރިކުރި ވަގުތު މާލެ ސަރަހައްދަށް ބާރު އަޑުފަތްގަނޑެއް އިވުނެވެ.
ސަރުކާރުގެ އޮފިޝަލް ވިދާޅުވީ، އެ ޖެޓުތަކުގެ އަޑުތައް ގަދައީ ފައިޓާ ޖެޓުތަކަކަށް ވާތީ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި އެއްވެސް ހަތިޔާރެއް އަދި ކާގޯ ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެ ބޯޓުތައް ޖެއްސުމުން ރާއްޖެ އަށް ވެސް ފައިދާތަކެއް ވޭ. ފިއުލް ގަތީމާ އެމްއޭސީއެލް އަށް އޭގެ ފައިދާކުރޭ. އަދި ސްޓޮޕް އޯވާގައި ހޭދަވާ ވަގުތަށް ވެސް ފައިސާ ދައްކާ. އަނެއްކާ އެ ބޯޓުތަކުގެ މީހުން އަރާމު ކުރަން ބައެއް ފަހަރު ގެސްޓް ހައުސްތައް ކުއްޔަށް ނަގާނެ،" އޭނާ ވިދާޅުވި އެވެ.
އަސްކަރީ ހުރިހާ މަތިންދާބޯޓެއް ޖެއްސީ ކަމާގުޅޭ އިދާރާތަކުން ޑިޕްލޮމެޓިކް ކްލިއަރެންސް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ކުރަނީ ޖެޓް ފިއުލް އެޅުމާއި ލޮޖިސްޓިކަލް ބޭނުންތަކަށެވެ.
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް
ރާއްޖެ އައީ އަސްކަރީ އެންމެފަހުގެ ޖެޓުތައް
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖޭގެ ތަފާތު ފޮޓޯތަކެއް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އެއާޕޯޓުގައި ތިބީ ޓްރާންސިޓަކަށް އައި ޖަޕާނުގެ ސިފައިން
އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ
ސްވިފްޓް ނިޒާމުން ރަޝިއާ އެކަހެރިކޮށްފި
އިޓަލީގެ ގްރީން ލިސްޓަށް ރާއްޖެ އަރައިފި
އިޓަލީގައި މަރުވި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ
އިޓަލީގައި ދިވެއްސަކު ދަންޖެހިގެން މަރުވެއްޖެ