ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
07 މެއި 2025
ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާކުރަން ނިންމާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ޖަޕާނު ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 400 މިލިއަން ޖަޕާނީސް ޔެން (2.8 ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ އުޅަނދުތައް އިތުރުވުމުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި ކަނޑުގެ ގާނޫނުތައް ތަންފީޒު ކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއެެރުންތައް ލިބޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
Maldives and Japan Sign Exchange of Notes for the Provision of two Harbour Crafts to MNDF Coast Guard
— Ministry of Foreign Affairs ?? (@MoFAmv) May 7, 2025
? Press Release | https://t.co/nZzoRiqdOH pic.twitter.com/m93KrdLBnZ
ޖަޕާން ސަރުކާރުން ގެންގުޅޭ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޖަޕާންއާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގައި ޖަޕާނުން އަދާކުރަމުން އަންނަ މުހިންމު ދައުރު ފާހަގަކޮށް، އެކަމަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެކުރިން ވެސް ޖަޕާނުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އުޅަނދެއް ހަދިޔާކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ވެސް ޖަޕާނުން ކުރިން ވެހިކަލްތަކެއް ހަދިޔާކުރި އެވެ.
ޖަޕާނުން ކޯސްޓްގާޑަށް މުހިންމު އާލާތްތަކެއް ހަދިޔާކޮށްފި
ޖަޕާނުން 117 މިލިއަން ރުފިޔާ ދެނީ
ޖަޕާނުން ރާއްޖެ އަށް 46 މިލިއަން ރުފިޔާ ދީފި
ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ
އޭސީސީ ހަރުދަނާކުރުމަށް ޖަޕާނާ އެކު އެއްބަސްވުމެއް
ބޯޑަރުގައި ބޭނުންކުރަން ސިއްހީ ސާމާނު ހަދިޔާ ކޮށްފި
މާލޭ ބޭރުތޮށި މަރާމާތުކުރަން ޖަޕާނުން 140000ޑޮލަރު
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
ޖަޕާނުން ރާއްޖެއަށް އުޅަނދަކާއި ފައިސާ އެހީ
އެއާޕޯޓުގައި ތިބީ ޓްރާންސިޓަކަށް އައި ޖަޕާނުގެ ސިފައިން