Roadha Mihaaru

ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

ޖަޕާނުގައި ތައުލީމް ހާސިލްކުރަމުންދިޔަ ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފަކު ނިޔާވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

ޖަޕާނުގައި ތައުލީމް ހާސިލްކުރަމުންދިޔަ ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފަކު ނިޔާވެއްޖެ އެވެ.

ކޯސް ފުރިހަމަކޮށް އަންނަ މަހު ރާއްޖެ އައުމަށް ތައްޔާރުވެގެން ހުއްޓައި ނިޔާވީ، ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، 29، އެވެ.

އޭނާ ދިރިއުޅޭ ކޮޓަރީގައި ޚަބަރު ހުސްވެފައި އޮއްވައި ފެނުނީ، އާއިލާ އަށް ވެސް ނުގުޅޭތާ ދެ ދުވަސް ވެފައި ވަނިކޮށް ކަން އެނގިފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން ލުޖައިނާ ޖަޕާނަށް ދިޔައީ މާސްޓަސް ފުރިހަމަކުރާށެވެ. އޭނާގެ ކިޔެވުން ނިމި އެ ގައުމުގައި މަޑުކޮށްގެން ހުރީ އަންނަ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމުމަށް ފަހު އެނބުރި ރާއްޖެ އައުމަށެވެ.

ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ލުޖެއިނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ޝާހިދު ވިދާޅުވީ ލުޖައިނާއަކީ ހުނަރުވެރި، މަސައްކަތަށް ފަރުވާތެރި ފޮރިން ސާވިސް އޮފިސަރެއް ކަމަށެވެ. އޭނާ މަސައްކަތަށް ބެއްޓި ޝައުގިވެރިކަމާއި މަސައްކަތުގެ އަހްލާގު އަދި ދާއިރާގައި ކުރިއަރަމުންދިޔަ ތަން ތަޖުރިބާ ކުރެވުނު ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.