Roadha Mihaaru
ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުގެ އެހީ

ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުން 72 މިލިއަން ރުފިޔާގެ ސަމާނު ދީފި

19 އެޕްރީލް 2023

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރަން، ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކަސްޓަމަށް 72.6 މިލިއަން ރުފިޔާގެ ސާމާނު އިއްޔެ ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރަން، ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކަސްޓަމަށް 72.6 މިލިއަން ރުފިޔާގެ ސާމާނު އިއްޔެ ދީފި އެވެ.

އެ އެހީގެ ތެރޭގައި ހިމެނެނީ ބޯޑަރު ބަލަހައްޓަން ބޭނުންކުރާ ސާމާނާއި ބައެއް ވެހިކަލްތަކެވެ.

ކަސްޓަމްގެ ފަރާތުން އެހީއާ ހަވާލުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އެތެރެކުރުން އަދި ބޭރު ކުރުން މަނާ ތަކެތި އަތުލައިގަތުމަށް ޖަޕާނުން ދިން ސާމާނުގެ ސަބަބުން މިހާރަށް ވުރެ ފަސޭހަ ވާނެ ކަމަށެވެ. ކުއްލި ހާލަތުގައި މަސައްކަތް ކުރުމުގެ ކަސްޓަމްސް އޮފިސަރުންނަށް ފަސޭހަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަޕާނުން ދިން އެހީ އާ ހަވާލުވުމަށް ކަސްޓަމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާނުން ދިން އެހީ އާ ހަވާލުވުމަށް ކަސްޓަމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާނަކީ، ރާއްޖޭގެ ސަލާމަތީ އިދާރާތަކުގެ ގާބިލުކަން އިތުރު ކުރުމަށް އަބަދުވެސް އެހީތެރިވާ ގައުމެއްކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.

ރާއްހޭގައި ހުންނަ ޖަޕާންގެ އެމްބަސީން ބުނީ "ޖަޕާން އެއިޑް" އެހީތެރިކަމުގެ ސަބަބުން ބޯޑަރު ކޮންޓްރޯލް ކުރުމަށް އެ އިދާރާގެ ގާބިލުކަން ހަރުދަނާވެ، އާންމު ރައްކާތެރިކަމާ ދިމާލަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.