Roadha Mihaaru
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް

އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް

02 ޖުލައި 2024

އިޓަލީގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޓަލީގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖައްސައިފި އެވެ.

މިއަދު މެންދުރުފަހު އެ ޖެޓުތައް ވިއައިއޭއަށް ޖެއްސި ވަގުތު މާލެ ސަރަހައްދަށް އިވުނު ބާރު އަޑުފަތްގަނޑާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފަ އެވެ. މި ބޯޓުތައް މާލެ މަތިން ދަތުރުކުރާ މަންޒަރު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ހިއްސާކުރި އެވެ.

އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ކުރަނީ ޖެޓް ފިއުލް އެޅުމާއި ލޮޖިސްޓިކަލް ބޭނުންތަކަށެވެ. އެމްއެންޑީއެފުން ބުނީ މިއަދު ވެސް ޖެޓުތައް އައީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

އިޓަލީގެ އަސްކަރީ ފައިޓާ ޖެޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުއްސަނީ.-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

އިޓަލީގެ އަސްކަރީ ފައިޓާ ޖެޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުއްސަނީ.-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

އެ ޖެޓްތަކަކީ އެމެރިކާގައި އުފައްދާ ފަސް ވަނަ ޖެނަރޭޝަން ފައިޓާ ޖެޓް، ލޮކްހީޑްމާޓިން އެފް35ގެ މަރުކާގެ ބޯޓުތަކެކެވެ. އަދި އެއީ އެންމެ ފަހުގެ ވަރުގަދަ އަސްކަރީ ޖެޓުތަކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ނަގައިގެން ރިފިލް ކުރުމަށާއި އެކި ބޭނުންތަކަށް ބޭރުގެ ބޯޓުތައް ވެލާނާ އެއާޕޯޓަށް އާންމުކޮށް ވެސް ޖައްސަ އެވެ.

މިދިޔަ އަހަރު ވެސް މި ފައިޓާ ޖެޓުތަކާއި ކާގޯ ބޯޓު ރާއްޖެ އައުމާ އެކު އާންމުންގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބުނެވެ.