ލ. މާވަށުގައި އިއްޔެ ހިނގި މަރުގެ ކުރިން، ދެ މީހުންގެ ދެބަސްވުން ފެށުނީ އެ ރަށުގެ ވޮލީ ކޯޓު ސަރަހައްދުންނެވެ. މަރުވި މޫސާ އިބްރާހިމް ސައިކަލެއްގައި އެ ސަރަހައްދަށް ދިޔައިރު ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29، އާ ދެ މީހުންގެ ދެބަސްވުން ފެށި، އެ ހަމަނުޖެހުމުން ސަލާމަތްވާން މުހައްމަދު އިބްރާހިމް އުޅުނެވެ.
29 ޖުލައި 2025
ލ. މާވަށުގައި އިއްޔެ ހިނގި މަރުގެ ކުރިން، ދެ މީހުންގެ ދެބަސްވުން ފެށުނީ އެ ރަށުގެ ވޮލީ ކޯޓު ސަރަހައްދުންނެވެ. މަރުވި މޫސާ އިބްރާހިމް ސައިކަލެއްގައި އެ ސަރަހައްދަށް ދިޔައިރު ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29، އާ ދެ މީހުންގެ ދެބަސްވުން ފެށި، އެ ހަމަނުޖެހުމުން ސަލާމަތްވާން މުހައްމަދު އިބްރާހިމް އުޅުނެވެ.
އިރުކޮޅެއް ފަހުން ފެނުނީ އޭނާ ގެންގުޅުނު ވަޅިން މޫސަގެ ބޮލަށް ހަމަލާދީ މަރާލާފައި އޮއްވަ އެވެ.
ފުލުހުން ބުނިގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މޫސަ 29، އޮތީ މަރުވެފަ އެވެ. ގިނައިރުތަކެއް ނުވެ މުހައްމަދު އިބްރާހީމް ވަނީ ހަމަލާދިން ވަޅި އެއްލާލައި، ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލަ އަށް އިއުތިރާފު ވެފަ އެވެ.
މާވަށުގައި ހިނގި މި ހިތާމަވެރި ހާދިސާގެ ފަހަތުގައި އޮތީ، އެ ރަށު ގިނަ މީހުން ބުނާ ގޮތުގައި، މަސްތުވާތަކެއްޗެވެ.
މަރުވި މޫސައަކީ މާވަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭނާއަށް ހަމަލާދިން މުހައްމަދު އިބްރާހީމަކީ ވެސް މަސްތުގެ މާހަލުގައި އުޅޭ މީހެއް ކަމަށް ވެ އެވެ.
މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުނީ މޫސަގެ އަތުން މަސްތުވާތަކެތި ގަތުމަށް ފަހު، ފައިސާ ނުދީގެން ކަމަށް ބުނެ މީގެ ދެތިން ދުވަސް ކުރިން ފެށިގެން އޮތީ މައްސަލަ ގޯސްވެފައި ކަމަށެވެ. އެ ފައިސާ ހޯދަން މުހައްމަދަށް އެކި ގޯނާ ވެސް ކުރި ކަމަށް ވެ އެވެ. އެ މައްސަލަ މާވަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ނުދީ އޮތީ 500 އެއްހާ ރުފިޔާ ކަމަށް ވަނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އިއްޔެ ހެނދުނު ރަށުގެ ވޮލީ ކޯޓު ކައިރީގައި ވެސް ފެށުނީ އެ ފައިސާ ހޯދުމުގެ މަސައްކަތެވެ. ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މޫސަގެ ކަރަށް ހަމަލާ އަމާޒުވީ، މުހައްމަދަށް ދިން އަނިޔާތަކުން އަމިއްލައަށް ސަލާމަތްވާން އުޅެނިކޮށެވެ.
"މުހައްމަދު އުޅޭ ތަނެއް ލޮކޭޓު ކޮށްގެން ސައިކަލުގައި މި ދިޔައީ މީހަކާ އެކީގައި. މޫސަ އިނީ ސައިކަލު ފަހަތުގައި. އޭރު މުހައްމަދު ހުރީ ވޮލީބޯޅަ ކޯޓު ކައިރީގައި. ދެން ފެނިގެން އޭނަ އަތުލައިގަނެގެން މި ޒުވާބެއް ހިނގީ. މޫސަގެ އުނދަގޫ ބޮޑުވުމުން މުހައްމަދު ގެންގުޅުނު ވަޅިއެއް ކަމަށް ރަށު ތެރޭގައި ކިޔަނީ. އެހެންވެ، އެ ހަމަނުޖެހުމުގެ ތެރެއިން މޫސަ ދިން އަނިޔާތަކުން ސަލާމަތްވާން ވަޅި މި ނެގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މީގެ ދެ މަސް ކުރިން ފެށިގެން މާވަށުގައި ދިރިއުޅެމުން އަންނަ މުހައްމަދު އެ ރަށުގެ މީހަކާ ކައިވެނިކޮށްގެން މީގެ ކުރިން ވެސް އެ ރަށުގައި ދިރިއުޅުނެވެ. މި ފަހަރު ވެސް ޖަލުން މިނިވަން ވުމަށް ފަހު މީގެ ދެ މަހެއް ވަރު ކުރިން އެ ރަށަށް ދިޔައީ އެ އަންހެން މީހާއާ ކައިވެނިކުރާށެވެ. އެކަމަކު، އެ ކައިވެނި ނުކުރެވި، މުހައްމަދު އުޅުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކާ އެކުގަ އެވެ.
"މުހައްމަދު މީގެ ކުރިން އުޅުނުއިރު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ. އެކަމަކު، މަސައްކަތް ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް މި ހޭދަކުރަނީ މަސްތުވާތަކެއްޗަށް،" ރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
ރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އާމްދަނީ ހޯދަން ވަކި މަސައްކަތެއް ނުކުރިޔަސް މޫސަ އުޅެމުން ދިޔައީ މުއްސަނދި ދިރިއުޅުމެކެވެ. މި ހާދިސާ ހިނގިއިރު މޫސަގެ ހިއްސާއާ އެކު ލޯންޗެއް ވެސް ބަންނަމުންދިޔަ ކަމަށް ވެ އެވެ.
މި މައްސަލާގައި މުހައްމަދު ހައްޔަރުކޮށް، އޭނާ ހަމަލާދިން ވަޅި ވަނީ ހޯދައިފަ އެވެ. އިތުރު ތަހުލީލަށް މޫސަގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
މާވަށުގައި މީހަކު މަރާލަން ބޭނުންކުރި ވަޅި ހޯދައިފި
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
މާވަށުގައި މަރާލި މޫސަގެ ޖަނާޒާ މާދަމާ ބާއްވަނީ
މާވަށުގައި ޒުވާނާ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލައިފި
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް