އިޓަލީ މީހަކާ އިނދެގެން އުޅޭ ދިވެހި ފިރިހެނަކު، އިޓަލީގެ މިލާނުގައި ދަންޖެހިގެން، މަރުވެފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
އިޓަލީ މީހަކާ އިނދެގެން އުޅޭ ދިވެހި ފިރިހެނަކު، އިޓަލީގެ މިލާނުގައި ދަންޖެހިގެން، މަރުވެފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
އިޓަލީގައި ހުރި ދިވެއްސަކު "މިހާރު" އަށް ބުނީ، އެއީ ނޮޅިވަރަމްފަރު ވައިމަތީގޭ މަހުމޫދު އިމާދު 44، ކަމަށެވެ. އަދި އޭނާ އަށް އަނިޔާކޮށް ދަންޖައްސައި، މަރައިލީ ކަމަށް އިޓަލީގައި އުޅޭ ބައެއް ދިވެހިން ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.
"މިލާނުގައި އޭނާ އުޅޭ ގޭގައި ދަން ޖައްސާފައި ހުރި ކަމަށް ވަނީ. ފުލުހުން މާދަމާ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނާނެ ކަމަށް ވަނީ،" އޭނާ ކިޔައިދިނެވެ.
"މާ ބޮޑަކަށް އަދި ވީ ގޮތެއް އަދި ކަށަވަރެއް ނޫން."
އިމާދުގެ އާއިލާ އިން ބުނީ، އޭނާ އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އާއިލާ އަށް ވެސް އެކަން އެނގުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
"އޭނާ އެކަނި އެ ގޭގައި މި ވަގުތު އުޅެނީ. އޭނާގެ އަންހެނުން އަޅުގަނޑަށް ގުޅާފައި ބުނީ އޭނާގެ މަންމަ އެ ގެއަށް ދިޔަ ވަގުތު ގޭގެ ގާޑްންގައި ދަންޖެހިފައޭ ހުރީ. ބޭރު ފުށުން އެއްވެސް ގެއްލުމެއް ނެތޭ ފެނިފައެއް. އެކަމަކު ފޯނު އޮތީ ހަލާކުކޮށްލައިފައޭ ބުނި،" އާއިލާ އިން ބުންޏެވެ.
"ފުލުހުން މާދަމާ ބޮޑީ ވޮޝް ކުރާނެ. އަޅުގަނޑުމެންނަކަށް ވެސް އިތުރު މައުލޫމާތެއް އަދި ނޭނގޭ. ބޮޑީ ވޮޝްކުރާއިރު މިކޮޅަށް ވީޑިއޯ ކޯލެއް ކުރާނެ. އޭރުން ޒަހަމެއް ހުރިއްޔާ ފެންނާނެ."
ދަންޖެހުނީތޯ، ނުވަތަ ދަން ޖެއްސީތޯ އެހުމުން އާއިލާ އިން ބުނީ އެއިން ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ.
އިމާދަކީ އިޓަލީގެ ޕާސްޕޯޓް ވެސް އޮތް މީހެކެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގަ އެވެ.
"އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ މިހާރު ހުރީ މިކޮޅުގައި ނޮޅިވަރަމްފަރުގައި ގެސްޓް ހައުސްގެ މަސައްކަތުގައި،" އާއިލާ އިން ބުންޏެވެ.
އެޑިޓަރުގެ ނޯޓް: ހަބަރު ޝާއިއުކުރި ފަހުން އާއިލާގެ ފަރާތުން ލިބުނު ބައެއް މައުލޫމާތާ އެކު، މި ހަބަރު މިހާރު ވާނީ ބަދަލު ކޮށްފަ އެވެ.
ޖަލުގައި ގައިދީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ
ޒާތީ މައުލޫމާތު އާއްމުކުރުމުން ފުލުހުންނަށް ފާޑުކިޔުން!
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖޭގެ ތަފާތު ފޮޓޯތަކެއް
އަސްކަރީ ޖެޓުތައް ޖެއްސީ ޓެކްނިކަލް ސްޓޮޕް އޯވާއަކަށް
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް