Roadha Mihaaru
މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

24 ޑިސެމްބަރ 2019

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ މައުލޫމާތެއް އަދި ނުލިބެ އެވެ. މަތީ ތައުލީމަށް ގިނަ އަދަދެއްގެ ދިވެހިންދާ މެލޭޝިއާގައި ގާތްގަނޑަކަށް 2،300 ދިވެހިން ދިރިއުޅެ އެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު، ބޮޑު ޗުއްޓީ ހޭދަކުރަން ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދެ އެވެ.