Roadha Mihaaru
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ

ލަންކާ ސަފީރަކަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ، ބެލްޖިއަމާއި އީޔޫއަށް ގީލާ

06 ފެބުރުއަރީ 2024

ތިން ގައުމެއްގެ ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތިން ގައުމެއްގެ ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް މިއަދު މަޖިލީހަށް ފޮނުވި ސިޓީފުޅުގައި ވަނީ ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ސްރީ ލަންކާ އާއި މެލޭޝިއާ އާއި ބެލްޖިއަމް އަދި އީޔޫ އަށް ސަފީރުން އައްޔަން ކުރަން ނަންތަކެއް ހުށަހަޅުއްވައިފަ އެވެ.

ރައީސް ފޮނުއްވި ނަންތައް:

1. ސްރީ ލަންކާ އަށް - މަސްއޫދު އިމާދު މއ. ތުޅާގިރި

2. މެލޭޝިއާ އަށް - މަރިޔަމް ޝަބީނާ އަހުމަދު މ. ރުއްފުށި

3. ބެލްޖިއަމް އާއި އީޔޫ އަށް - ގީލާ އަލީ މ. ގީލާ ވިލާ

ލަންކާ ސަފީރު ކަމަށް އައްޔަން ކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހެލްތު މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވި ގީލާ ވަނީ ކުރިން ވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.