Roadha Mihaaru
ލަންކާގެ ސަފީރު އަބްދުއްރައްޒާގު އީޔޫ އަށް ބަދަލުކުރަނީ

ލަންކާގެ ސަފީރު އަބްދުއްރައްޒާގު އީޔޫ އަށް ބަދަލުކުރަނީ

28 ފެބުރުއަރީ 2022

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ކަމުގައި މިހާރު ހުންނެވި ހަސަން ސޯބިރާއި ލަންކާގެ ސަފީރު އުމަރު އަބްދުއްރައްޒާގް އަނބުރާ ގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުމާއެކު، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިން އަށް އަބްދުއްރައްޒާގް އަދި ޖަޕާނަށް ކަނޑައަޅާ ދިވެހި ސަފީރަކަށް ސޯބިރު އައްޔަން ކުރުމަށް ގަސްދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނުގެ ސިޓީފުޅުގައި ވެ އެވެ. ރާއްޖެ އިން ޖަޕާނަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރަކީ އިބްރާހިމް އުވައިޒް އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ އެ ނަންތައް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވުމަށެވެ.