Roadha Mihaaru
މެލޭޝިއާގައި އުޅޭ ދިވެހިން ސަމާލުވާން އަންގައިފި

ވިސާ ހަމަވެފައިވާ މީހުންނަށް މެލޭޝިއާގައި އަދަބު ލިބިދާނެ، ސަމާލުވޭ

13 އެޕްރީލް 2021

މެލޭޝިއާގައި އުޅޭ ދިވެހިންގެ ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ، އަދަބުދީފާނެތީ، އެކަމަށް ސަމާލުވުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މެލޭޝިއާގައި އުޅޭ ދިވެހިންގެ ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ، އަދަބުދީފާނެތީ، އެކަމަށް ސަމާލުވުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެދިއްޖެ އެވެ.

އެގޮތަށް އެދުނީ މެލޭޝިއާގެ އިމިގްރޭޝަނުން ނެރެފައިވާ އެންގުމެއްގައި، ވިސާ ހަމަވެފައިވާ މީހުންނަށް އަދަބުދޭނެ ކަމުގެ އިންޒާރެއް ދީފައިވާތީ އެވެ.

ހައިކޮމިޝަނުން ބުނީ "ސޯޝަލް ވިޒިޓް ޕާސް" ގެ ދަށުން މެލޭޝިއާ އަށް ޒިޔާރާތްކުރާ މީހުންގެ ތެރެއިން މިވަގުތު ވިސާ ހަމަވެފައިވާ މީހުން، "ސްޕެޝަލްް ޕާސް" އަކާ ނުލާއި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އުޅޭ ނަމަ، އެކި އަދަބުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގެ ސަރުކާރުގެ އެންގުމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު، "މިހާރު" އަށް ވިދާޅުވީ ބޭރުގައި އުޅޭ ހުރިހާ މީހުން ވެސް އެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ. މި ދުވަސްވަރު ވިސާގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ވެސް އެދިވަޑައިގަތެވެ.

އެކި ގައުމުތަކުން ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިދެމުން އަންނައިރު ވަރަށް ބޮޑަށް މި ކަންކަމަށް ބަލަ އެވެ.

މުއްދަތު ހަމަވެފައިވާ ވިސާއާއެކު ދިރިއުޅުނު މައްސަލަތަކާ ގުޅިގެން މި ފަހުން ސްރީ ލަންކާ އިން ވެސް ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.