Roadha Mihaaru
މެލޭޝިއާގައި ހުންނަވާ ސަފީރަކަށް ވިސާމް އައްޔަންކޮށްފި

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކަށް ވިސާމް އައްޔަންކުރައްވައިފި

26 މާޗް 2019

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމް އަލީ އައްޔަން ކުރައްވައި އޭނާ އަށް ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

މެލޭޝިއާގައި ހުންނަވާ ސަފީރުކަމަށް ވިސާމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އެހެން ހަތް ސަފީރަކާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު ވިސާމް، އާއިލާއާ އެކު މެލޭޝިއާގައި ދިރިއުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މި ސަރުކާރުގެ އާ ސަފީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ކުރިން ވަނީ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފަ އެވެ. އެގޮތުން ސިންގަޕޫރުގައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރު ހަސަން ސޯބިރަށް ކުރިން ވަނީ ފަތްކޮޅު ދެއްވައިފަ އެވެ.